ސީދާ ޚަބަރަށް
23 ނޮވެމްބަރު 2026DHARAJA.COM
ADVERTISEMENT

ދުނިޔެ

ޔޫއޭއީގައި ހިނގި ޓްރެފިކް އެކްސިޑެންޓެއްގައި 14 މީހުން މަރުވެ، 30 މީހުން ޒަހަމްވެއްޖެ

1 މިނެޓް

ޔޫއޭއީ. --- ފޮޓޯ: ގެޓީ އިމޭޖަސް

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ފުޖައިރާގައި ހިނގި ނުރައްކާތެރި ޓްރެފިކް އެކްސިޑެންޓެއްގައި 14 މީހުން މަރުވެ، 30 މީހުން ޒަހަމްވެއްޖެ އެވެ.

ޔޫއޭއީގެ އިންޓީރިއާ މިނިސްޓްރީން މިއަދު ބުނީ މި އެކްސިޑެންޓު ހިނގާފައި ވަނީ މިދިޔަ ބުދަ ދުވަހުގެރޭ ދަންވަރު 18 ކާރާއި ފަސް ޓްރަކް ޖެހިގެން ކަމަށެވެ.

ފުޖައިރާއަށް ވަންނަން އޮންނަ މައި މަގު ކަމަށްވާ ޝެއިޚް ޚަލީފާ ބިން ޒާއިދު މަގުގައި އެކްސިޑެންޓު ހިނގީ ޑްރައިވަރަކު ދުއްވި ޓްރަކެއް ކޮންޓްރޯލް ނުުވެ ގޮސް އެހެން އުޅަނދުތަކެއްގައި ޖެހިގެންނެވެ. އެހާ ގިނަ އުޅަނދުތަކެއްގައި ޖެހި އެކްސިޑެންޓުވީ ޓްރެފިކާ ހެދި ކަމަށް ވެސް އިންޓީރިއާ މިނިސްޓްރީން ބުންޏެވެ.

އެކްސިޑެންޓު ހިނގުމާ އެކު، އެމަޖެންސީ އަދި ސްޕެޝަލައިޒް ޓީމުތަކުން އެ ސަރަހައްދަށް ގޮސް ޒަހަމްވި މީހުންނާއި މަރުވި މީހުން ހޮސްޕިޓަލަށް ގެންދިއުމަށް އެހީތެރިވެ ދީފައިވެ އެވެ.

މިހާތަނަށް އައިއިރު، 15 މީހުންނަށް ފަރުވާ ދިނުމަށް ފަހު، ހޮސްޕިޓަލުން ދޫކޮށްލާފައިވާ އިރު، ދެން ތިބި 15 މީހުންނަށް އަދިވެސް ގެންދަނީ ފަރުވާދެމުންނެވެ. އެކްސިޑެންޓުގައި މަރުވި މީހުންގެ ތެރޭގައި ޔޫއޭއީގެ ރައްޔިތުން ހިމެނޭ އިރު، އެމީހުންގެ ޑީއެންއޭ ޓެސްޓް ހެދުމަށް ސާމްޕަލް ވެސް ވަނީ ނަގައިފަ އެވެ.

އަނިޔާވި މީހުންގެ ތެރޭގައި ޔޫއޭއީ، އޮމާން، އިންޑިއާ، ބްރެޒިލް، ޕާކިސްތާނު، އުރުދުން، މިސްރު ހިމެނެ އެވެ.

ADVERTISEMENT

ކޮމެންޓު0COMMENTS

ކޮމެންޓު ޝާއިޢުކުރުމުގެ ކުރިން އެޑިޓަރުން ބަލާނެ.

ADVERTISEMENT