ސީދާ ޚަބަރަށް
23 ނޮވެމްބަރު 2026DHARAJA.COM
ADVERTISEMENT

ދުނިޔެސްޕެއިން

ޕޯޗުގަލްއަށް އެރި ތޫފާނާ ގުޅިގެން 300 ފްލައިޓު ކެންސަލްކޮށް ސްކޫލްތައް ބަންދުކޮށްފި

1 މިނެޓް

ޕޯޗުގަލް އަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވެފައި. --- ފޮޓޯ: އޭއެފްޕީ
ޕޯޗުގަލްއަށް އެރި ތޫފާނާ ގުޅިގެން 300 ފްލައިޓު ކެންސަލްކޮށް ސްކޫލްތައް ބަންދުކޮށްފި

ޕޯޗުގަލް އަށް އެރި ތޫފާން "ޗާލްސް" ގެ ސަބަބުން 300 އަށް ވުރެ ގިނަ ފްލައިޓު ކެންސަލް ކުރަން ޖެހި، ސްކޫލްތަކާއި ފިހާރަތައް ބަންދު ކުރަން ޖެހިއްޖެ އެވެ.

ޔޫރަޕްގެ އެންމެ މަޝްހޫރު އެއް ގައުމު ކަމަށްވާ ޕޯޗުގަލްއަށް ބޯކޮށް ވާރޭ ވެހުނު ނަމަވެސް، އެ ގައުމުގައި ދިރިއުޅޭ ރައްޔިތުންގެ ތަކެއްޗަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

އެކަމަކު، ވިއްސާރައާ ގުޅިގެން މިދިޔަ ބުދަ ދުވަހު ވަނީ ހަތަރު އިންޓަނޭޝަނަލް އެއާޕޯޓެއްގެ އޮޕަރޭޝަންސްތައް ހުއްޓާލަން ޖެހިފަ އެވެ. އޭގެ އިތުރުން 100 އެއްހާ ސުޕަ މާކެޓުތަކާއި އާންމު ހިދުމަތްދޭ ތަންތަން ވެސް ބަންދު ކުރަން ޖެހުނެވެ.

ތޫފާނާ ގުޅިގެން ޕޯޗުގަލްގެ 8،000 އަށް ވުރެ ގިނަ ސްކޫލްތަކުގައި ކިޔަވައި ދިނުން ކެންސަލް ކުރަން ޖެހުނެވެ. ތޫފާން އަރާނެތީ، ރައްޔިތުން ގޭގައި ތިބުމަށް ޕޯޗުގަލްގެ ސަރުކާރުން ކުރިން އޮތީ އިއުލާންކޮށްފަ އެވެ.

އެހެންވެ، ތޫފާނާ އެކު، ޕޯޗުގަލްގެ މަގުތައް ބަދަލުވެފައިވަނީ "ދިރުމެއް ނެތް" ތަނަކަށެވެ.

ޕޯޗުގަލްގެ މޫސުމާ ބެހޭ އިދާރާ އިން ބުނި ގޮތުގައި ބައެއް ސަރަހައްދުތަކަށް ގަޑިއަކު 120 ކިލޯމީޓަރަށް ވުރެ ބާރު ގަދަވެފައިވެ އެވެ. އަދި ބައެއް ސިޓީތަކުގައި ފެން ބޮޑުވެފައިވެ އެވެ.

މި ތޫފާން މޮނިޓާ ކުރުމަށް ޕޯޗުގަލްގެ ބޮޑުވަޒީރު ލުއިސް މޮންޓެނީގްރޯ ވަނީ ކްރައިސިސް ޔުނިޓެއް އެކުލަވާލައްވައިފަ އެވެ. މި ޔުނިޓްގައި ސަރުކާރުގެ އަށް މިނިސްޓަރުންނާއި އެހެނިހެން އޮފިޝަލުން ހިމެނިވަޑައިގަންނަވަ އެވެ.

ތޫފާން ޗާލްސްގެ މިސްރާބު ދެން ހުރީ ސްޕެއިންއާ ދިމާލަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ADVERTISEMENT

ކޮމެންޓު0COMMENTS

ކޮމެންޓު ޝާއިޢުކުރުމުގެ ކުރިން އެޑިޓަރުން ބަލާނެ.

ADVERTISEMENT