ސީދާ ޚަބަރަށް
23 ނޮވެމްބަރު 2026DHARAJA.COM
ADVERTISEMENT

ކުޅިވަރުފަލަސްތީނު

ފަލަސްތީނުގެ ފުޓްބޯޅަ ކުޅުންތެރިއަކު ޝަހީދުކޮށްލައިފި

ޝަހީދުކޮށްލީ ޣައްޒާގެ ސްޕޯޓްސް ކްލަބްގެ ކެޕްޓަން އަދި ގޯލްކީޕަރު

1 މިނެޓް

ފަލަސްތީނުގެ ފުޓްބޯޅަ ކުޅުންތެރިޔާ މަހްމޫދު. --- ފޮޓޯ: ފަލަސްތީނު ފުޓްބޯޅަ އެސޯސިއޭޝަން
ފަލަސްތީނުގެ ފުޓްބޯޅަ ކުޅުންތެރިއަކު ޝަހީދުކޮށްލައިފި

ފަލަސްތީނުގެ ފުޓްބޯޅަ ކުޅުންތެރިޔާ މަހްމޫދު ކަމާލް ފަރެސް އަބްދުލް-މާލިކް ޝަހީދުކޮށްލައިފި އެވެ.

ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ހާމަކުރި ގޮތުގައި މަހްމޫދު ޝަހީދުކޮށްލީ މިދިޔަ އަންގާރަ ދުވަހު ޣައްޒާ ސިޓީގެ ސަބްރާ އަވަށަށް އަމާޒުކޮށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގަ އެވެ.

މަހްމޫދަކީ 20، ޣައްޒާ ސްޕޯޓްސް ކްލަބްގެ ކެޕްޓަން އަދި ގޯލްކީޕަރެވެ.

މިއީ ޣައްޒާގައި ހިންގަމުން ގެންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި ކުޅިވަރުގެ ދާއިރާގައި އުޅޭ މީހުންގެ ތެރެއިން ޝަހީދުކޮށްލި 1،017 ވަނަ ޒުވާނާ ކަމަށް ވެސް ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ހާމަ ކުރެ އެވެ.

އޮކްޓޯބަރު، 2023 ގައި އިސްރާއީލުން ފެށި ހަނގުރާމައިގައި ޣައްޒާއިން 1،000 އެތުލީޓުން ޝަހީދުކޮށްލުމުގެ ހަނދާނުގައި މި ފަހުން ޝަހީދުންގެ ކަޕް ނަމުގައި ފުޓްބޯޅަ މުބާރާތެއް ވަނީ ބާއްވައިފަ އެވެ. އެ މުބާރާތުގެ ފައިނަލްގައި މީގެ ފަސް ދުވަސް ކުރިން، ޣައްޒާ ސްޕޯޓްސް ކްލަބު ކުޅުނު އިރު، އެ ޓީމުގެ ކީޕަރަކީ ވެސް މަހްމޫދެވެ.

މި މުބާރާތުގެ ރަނަރަޕްކަން ލިބުނީ ޣައްޒާ ސްޕޯޓްސް ކްލަބަށެވެ.

މުބާރާތުގައި 200 އަށް ވުރެ ގިނަ ކްލަބު ބައިވެރިވިއިރު، އޭގެ ތެރޭގައި ފަލަސްތީނުގެ ހުޅަނގު އައްސޭރީން ބައިވެރިވި 146 ކްލަބާއި ޣައްޒާއިން ބައިވެރިވި 44 ކްލަބާއި ލުބުނާންގައި ހުންނަ ފަލަސްތީނުގެ ރެފިއުޖީ ކޭމްޕުން ބައިވެރިވި 36 ޓީމު ހިމެނެ އެވެ. މުބާރާތުގެ މެޗުތައް ކުޅުނީ ތިން ސަރަހައްދެއްގަ އެވެ.

އޮކްޓޯބަރު 7، 2023 ވަނަ އަހަރު ހަމާސް އިން އިސްރާއީލަށް އަމާޒުކޮށް ދިން ކުއްލި ހަމަލާގައި ހާހަކަށް ވުރެ ގިނަ މީހުން މަރާލައި 250 އަށް ވުރެ ގިނަ މީހުން ރަހީނުކޮށްގެން ޣައްޒާއަށް ގެންދިއުމާ ގުޅިގެން އިސްރާއީލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކަށް ތިން އަހަރު ވެގެން ދިޔައިރު، ޣައްޒާއިން 74,653 މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. އަދި އެ ހަމަލާތަކުގައި 176,007 މީހުން ވަނީ ޒަހަމްކޮށްލައިފަ އެވެ.

ހަނގުރާމަ ހުއްޓާލަން އިސްރާއީލާއި ހަމާސްއާ ދެމެދު އެއްބަސްވުމެއް ގާއިމުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު 11 ގަ އެވެ. އެކަމަކު، އެއްބަސްވުމާ ހިލާފަށް އިސްރާއީލުން މިހާތަނަށް ދިން ހަމަލާތަކުގައި ޣައްޒާއިން 1،622 މީހުން ޝަހީދުކޮށްލައި 5،878 މީހުން ވަނީ ޒަހަމްކޮށްލައިފަ އެވެ.

ADVERTISEMENT

ކޮމެންޓު0COMMENTS

ކޮމެންޓު ޝާއިޢުކުރުމުގެ ކުރިން އެޑިޓަރުން ބަލާނެ.

ADVERTISEMENT