އިންފަންޓީނޯ އަކީ ބްލެޓާ އަށް ވުރެ ގޯސް މީހެއް: ކްލޮޕް
ފީފާގެ ރައީސްކަމުގެ މަގާމުން ބްލެޓާ 2015 ވަނަ އަހަރު އިސްތިއުފާ ދެއްވީ އެ އިދާރާގައި ކޮރަޕްޝަނުގެ މައްސަލަތައް އިންތިހާ އަށް ބޮޑުވުމުން ކުރިމަތިވި ޕްރެޝަރުގަ އެވެ. އިންފަންޓީނޯ، ފީފާގެ ރައީސްކަމުގެ މަގާމު ކާމިޔާބުކުރީ ފެބްރުއަރީ، 2016 ގައެވެ. އަންނަ މާޗް މަހު އޮންނަ ފީފާގެ އިންތިޚާބުގައި ވާދަކުރައްވާ އިންފަންޓީނޯ އަށް ކުރިމަތިވެވަޑައިގަތް އެންމެ ބޮޑު ގޮންޖެހުމަކީ ފީފާ ފޯވާޑް އެންޓަޕްރައިޒްގެ ޚިޔާލް އުފަން ކުރުވުމެވެ.
1 މިނެޓް

ފީފާގެ ރައީސްކަމުގެ އާ ދައުރަކަށް ވާދަކުރާ ޖިއާނި އިންފަންޓީނޯ އަކީ ކުރީގެ ރައީސް ސެޕް ބްލެޓާ އަށް ވުރެ ކަމުނުދާ މީހެއް ކަމަށް ޖަރުމަނުގެ ކޯޗު ޖާގަން ކްލޮޕް ބުނެފި އެވެ.
ފީފާގެ ރައީސްކަމުގެ މަގާމުން ބްލެޓާ 2015 ވަނަ އަހަރު އިސްތިއުފާ ދެއްވީ އެ އިދާރާގައި ކޮރަޕްޝަނުގެ މައްސަލަތައް އިންތިހާ އަށް ބޮޑުވުމުން ކުރިމަތިވި ޕްރެޝަރުގަ އެވެ. އިންފަންޓީނޯ، ފީފާގެ ރައީސްކަމުގެ މަގާމު ކާމިޔާބުކުރީ ފެބްރުއަރީ، 2016 ގައެވެ.
އަންނަ މާޗް މަހު އޮންނަ ފީފާގެ އިންތިޚާބުގައި ވާދަކުރައްވާ އިންފަންޓީނޯ އަށް ކުރިމަތިވެވަޑައިގަތް އެންމެ ބޮޑު ގޮންޖެހުމަކީ ފީފާ ފޯވާޑް އެންޓަޕްރައިޒްގެ ޚިޔާލް އުފަން ކުރުވުމެވެ. ވޯލްޑް ކަޕާއި ފީފާގެ ބޮޑެތި އެހެން މުބާރާތްތައް ޕްރައިވެޓައިޒް ކުރުމުގެ މި ޕްރޮޕޯސަލް އަށް މެންބަރު ގިނަ ގައުމުތަކުން ދެކޮޅު ހެދުމުން އެ މަސައްކަތް ވަނީ ހުއްޓާލައިފައެވެ. އަދި ފީފާ ކައުންސިލްގެ ފަރާތުން ވަނީ މައާފަށް އެދިފަ އެވެ. އެކަމަކު އިންފަންޓީނޯ އަށް އޮތް އިތުބާރު ވަނީ ވަރަށް ކުޑަވެފައެވެ.
"އަހަރެން ފުޓުބޯޯޅައިގެ ތެރޭގައި އުޅޭތާ ވަރަށް ގިނަ ދުވަސްވެއްޖެ. އިންފަންޓީނޯއާ ބެހޭ ގޮތުން އަހަރެންނަށް ވުރެ ގިނަ މައުލޫމާތު ހުރި މީހުން ތިބޭނެ. އެކަމަކު ގިނަ މީހުން މިހާރު ބޭނުން ވަނީ ފީފާ އަށް ބަދަލެއް ގެންނަން،" ލިވަޕޫލްގެ ކުރީގެ ކޯޗު ބުންޏެވެ. "ސެޕް ބްލެޓާ އަށް ފަހު ކަންކަން ގޯސްވެގެންދާނެ ކަމަށް އަހަރެން ހިޔެއް ނުކުރަން. އެކަމަކު ކޮންމެވެސް މީހަކު އެކަންކޮށްފައި މިވަނީ."
ކްލޮޕް ބުނީ އިންފަންޓީނޯގެ ބަދަލުގައި ފީފާ އަށް ދެން އަންނަ މީހަކަށް މާ ރަނގޅަށް ކަންތައް ކުރެވޭނެ ކަމަށެވެ.
ފީފާގެ މިހާރުގެ ރައީސްއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ ފްރާންސް ފުޓުބޯޅަ ފެޑެރޭޝަނުގެ ރައީސް ފިލިޕެ ޑިއާލޯ އެވެ.
އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ ވެސް ވަނީ ފީފާގެ ރައީސްކަމުގެ މަގާމަށް ވާދަކުރުމުގެ ވިސްނުމެއް ގެންގުޅެފަ އެވެ. ނަމަވެސް ފީފާގެ ހެޑް އޮފް ގްލޯބަލް ޑިވެލޮޕްމަންޓުގެ މަގާމުގައި ހުރި ވެންގާ މިހާރު ވަނީ އެ ޚިޔާލު ދޫކޮށްލާފައި ކަމަށްވެ އެވެ.


