ހަބަރުރައީސް ޑރ. މުހައްމަދު މުއިއްޒު
މޫސުމީ ވިލުންތެރިކަން އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

ދެމެހެއްޓެނިވި ތަރައްގީ އާއި މޫސުމީ ވިލުންތެރިކަން އިތުރުކުރުމާއި ކުރިމަގުގައި އެކުގައި މަސައްކަތް ކުރެވިދާނެ ދާއިރާތަކުން ގުޅުން ބަދަހި ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު، އދ. ގެ ތަރައްގީއާ ބެހޭ ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ އެޑްމިނިސްޓްރޭޓަރު އެލެގްޒެންޑާ ޑި ކްރޫއާ ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުވުން އޮތީ ތުރުކީ ވިލާތުގެ އަންތާލިޔާގައި މިހާރު ކުރިއަށްދާ ކޮޕް31 ގެ ހަވާސާގަ އެވެ.
ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ ދެ ފަރާތުގެ ވެސް މަސްލަހަތު ހިމެނޭ ދާއިރާތައް ކަމަށްވާ، ދެމެހެއްޓެނިވި ތަރައްގީ އާއި މޫސުމީ ވިލުންތެރިކަން އިތުރުކުރުމާއި ކުރިމަގުގައި އެކުގައި މަސައްކަތްކުރެވިދާނެ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ކަމަށެވެ.
މި ބައްދަލު ކުރެއްވުމުގައި ޔޫއެންޑީޕީން ރާއްޖެއަށް ޒަމާނުއްސުރެ ދެއްވަމުން ގެންދަވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައި، ރައީސް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
އަދި ދެފަރާތުން ހިއްސާވާ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށާއި ދިވެހި ރައްޔިތުންނަށް ދެމެހެއްޓެނިވި ފައިދާތަކެއް ހޯއްދަވައިދެއްވުމަށްމި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުއިއްޒު ދެއްވި އެވެ.
މީގެއިތުރުން، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ދެފަރާތް ގުޅިގެން މެދުކެނޑުމެއްނެތި މަސައްކަތްކުރުމުގެ މުހިންމުކަން ދެ ބޭފުޅުން ވެސް ފާހަގަކުރެއްވި އެވެ.


