ADVERTISEMENT
މާދަމާއިން ފެށިގެން ކައްކާ ގޭސް ކުރިއެކޭ އެއްގޮތަށް ލިބޭނެ

މާދަމާ އިން ފެށިގެން ކުރިއެކޭ އެއްގޮތަށް ކައްކާ ގޭސް ދަތި ކަމެއް ނެތި ލިބޭނެ ކަމުގެ ޔަގީންކަން މޯލްޑިވް ގޭސް އިން ދީފި އެވެ.
ގޭހުގެ ސަޕްލައި އަށް ދިމާވި މައްސަލައަކާ ގުޅިގެން މި މަހުގެ ކުރީކޮޅުން ފެށިގެން ގޭސް ވިއްކަމުން ދިޔައީ ކޮންޓްރޯލްކޮށްގެންނެވެ.
އެގޮތުން:
- 10 ކިލޯގެ ފުޅިއަކަށް އެޅީ 7 ކިލޯ ގޭސް
- 22 ކިލޯގެ ފުޅިއަކަށް އެޅީ 14 ކިލޯ ގޭސް
- 45 ކިލޯގެ ފުޅިއަކަށް އެޅީ 31 ކިލޯ ގޭސް
މޯލްޑިވް ގޭހުން މިއަދު ބުނީ ސަޕްލައި އަށް ދިމާވި މައްސަލަ މިވަގުތަށް ހައްލުކުރެވިފައިވާ ކަމަށެވެ.
އަދި މާދަމާ އިން ފެށިގެން ކައްކާ ގޭސް އަޅައިދޭ މިންވަރަށް ގެނައި ބަދަލު އިއާދަ ކުރެވޭނެ ކަމަށް ވެސް އެ ތަނުން ބުންޏެވެ.


