ސަރުކާރާ ގުޅި 2028ގައި ރައީސް މުޢިއްޒަށް ތާއީދު ކުރަން އަދާލަތު ޕާޓީން ނިންމައިފި
އަދާލަތު ޕާޓީއަށް ރައީސް ދެއްވި ދައުވަތު ގަބޫލްކޮށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކުރި ގަރާރުގައި ބުނީ މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީއެންސީއާ އެކު ކޯލިޝަން ހަދައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުއިއްޒަށް ތާއީދު ހޯދުމަށް މަސައްކަތްކުރާނެ ކަމަށް ވެސް ގަރާރުގައިވެ އެވެ.
1 މިނެޓް

ސަރުކާރު ހިންގާ ޕީއެންސީއާ އެކު ކޯލިޝަން ހަދައި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން އަދާލަތު ޕާޓީން ރޭ ނިންމައިފި އެވެ.
އަދާލަތު ޕާޓީއަށް ރައީސް ދެއްވި ދައުވަތު ގަބޫލްކޮށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކުރި ގަރާރުގައި ބުނީ މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީއެންސީއާ އެކު ކޯލިޝަން ހަދައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުއިއްޒަށް ތާއީދު ހޯދުމަށް މަސައްކަތްކުރާނެ ކަމަށް ވެސް ގަރާރުގައިވެ އެވެ.
ދީނީ ކަންކަން ހަރުދަނާކޮށް، ގައުމުގެ ސިޔާދަތާއި މިނިވަންކަން ދިފާއުކުރުމަށާއި އިގުތިސާދު ރަނގަޅު ކުރަން ސިޔާސީ ފަރާތްތަކުގެ އެެއްބާރުލުން ބޭނުންވާ ކަމަށް ބަޔާންކޮށް ސަރުކާރާ އެކު މަސައްކަތްކުރަން ރައީސް ވަނީ އަދާލަތު ޕާޓީ އަށް ދައުވަތު ދެއްވައިފައެވެ.
އަދާލަތު ޕާޓީން ބުނީ އިސްލާމްދީނާއި ދިވެހިންގެ ގައުމިއްޔަތާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް އިސްލާމީ އަގީދާ އާއި އުސޫލުތަކަށް ބިނާކޮށް ގައުމު ކުރިއަރުވައި ތަރައްގީކުރުމަކީ ޕާޓީ އެފެއްދި މައިގަނޑު މަގްސަދު ކަމަށެވެ.
އަދާލަތު ޕާޓީގެ ގަރާރަުގައި ބުނީ ގައުމުގެ ސިޔާސީ ހަމަޖެހުން ދެމެހެއްޓުމާއި ގައުމީ އެއްބައިވަންތަކަން ބަދަހިކޮށް ވަރުގަދަކުރަން ގުޅިގެން މަސައްކަތް ކުރުމަކީ ގައުމަށް އެންމެ މަސްލަހަތު ހުރި ގޮތް ކަމަށެވެ.


