ސީދާ ޚަބަރަށް
23 ނޮވެމްބަރު 2026DHARAJA.COM
ADVERTISEMENT

ހަބަރު

ޝާހިދު ހައްޔަރުކުރި އަމުރުގެ އިސްތިއުނާފު އަޑުއެހުން މާދަމާ ހެނދުނު

ޝާހިދު ހައްޔަރުކުރީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި

1 މިނެޓް

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޝާހިދު. --- ފޮޓޯ: ޕޮލިސް
ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޝާހިދު. --- ފޮޓޯ: ޕޮލިސް

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހައްޔަރުކުރަން ކޯޓުން ނެރުނު އަމުރު އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއެހުން މާދަމާ ހެނދުނު ހައި ކޯޓުގައި ބޭއްވުމަށް ތާވަލްކޮށްފި އެވެ.

މި މައްސަލައިގެ އަޑުއެހުމެއް މިދިޔަ އާދިއްތަ ދުވަހު ބާއްވަން ވެސް ތާވަލް ކުރި އެވެ.

އެކަމަކު، ވަކި ސަބަބެއް ހާމަނުކޮށް، އަޑުއެހުން ކެންސަލް ކުރިއިރު، އަލުން އަޑުއެހުން ބާއްވަން ތާވަލްކޮށްފައި ވަނީ މާދަމާ ހެނދުނެވެ.

މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އިސް ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ، ފަނޑިޔާރު އިސްމާއީލް ޝަފީއު، ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ.

ޝާހިދުގެ ފަރާތުން އެ މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައިވަނީ މި މަހުގެ ފަސްވަނަ ދުވަހުގަ އެވެ. ޝާހިދު ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ މި މަހުގެ 2 ވަނަ ދުވަހުގެ ރެ އެވެ.

އޭގެ ފަހުން، ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ.

ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބު އަރުވާފައިވާ ޝާހިދު ވަނީ އދ. ގެ އާންމު މަޖިލިހުގެ ރައީސްކަން ވެސް ކުރައްވައިފަ އެވެ.

ޝާހިދު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރިއިރު، 2028 ގައި އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ޝާހިދު ގެންދެވީ ކެމްޕެއިން ކުރައްވަމުންނެވެ.

ޝާހިދު ވަނީ ޚާރިޖީ ސިޔާސަތާއި ގާނޫނު ހަދާ މަޖިލީހުގެ ހިންގުމާއި އަދި ބައިނަލްއަގްވާމީ ލީޑާޝިޕްގެ ދާއިރާއިން 40 އަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްތަކެއް ކުރައްވައިފަ އެވެ. ޝާހިދު ރާއްޖޭގެ ޚާރިޖީ ދާއިރާގައި ޚިދުމަތް ކުރައްވަން ފެއްޓެވީ، ޖުލައި، 1983 ގަ އެވެ. ޚާރިޖީ ޚިދުމަތް އޭނާ ފެއްޓެވީ އެންމެ އާދައިގެ މުވައްޒަފެއްގެ ގޮތުގަ އެވެ.

ADVERTISEMENT

ކޮމެންޓު0COMMENTS

ކޮމެންޓު ޝާއިޢުކުރުމުގެ ކުރިން އެޑިޓަރުން ބަލާނެ.

ADVERTISEMENT