ސީދާ ޚަބަރަށް
23 ނޮވެމްބަރު 2026DHARAJA.COM
ADVERTISEMENT

ހަބަރުޓީއެމްއޭ

ޓީއެމްއޭގެ ސީޕްލޭނެއްގެ ކަނދެއް ބިނދި ކްރޫއަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

1 މިނެޓް

ޓީއެމްއޭގެ ކަނދެއް ބިނދި އަރި އަޅާލާފައި. --- ފޮޓޯ: ވިޝުއަލް ރޭޑިއޯ ޓީވީ
ޓީއެމްއޭގެ ސީޕްލޭނެއްގެ ކަނދެއް ބިނދި ކްރޫއަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެޓީއެމްއޭގެ ކަނދެއް ބިނދި އަރި އަޅާލާފައި. --- ފޮޓޯ: ވިޝުއަލް ރޭޑިއޯ ޓީވީ

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ސީޕްލޭނެއްގެ ކަނދެއް ބިނދި ހިނގި ނުރައްކާތެރި ހާދިސާއެއްގައި އެ އުޅަނދުގެ ކްރޫއަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ސީޕްލޭން ޓާމިނަލަށް މިއަދު މެންދުރު ފަހު 2:25 ހާއިރު ކައިރި ކުރަން އުޅެނިކޮށް ހިނގި މި ހާދިސާގައި އަނިޔާވީ ކަނދުމަތީގައި އެ ވަގުތު ހަރަކާތްތެރިވި ކްރޫއަކަށެވެ.

އެއީ ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީއެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

ނަމަވެސް "ދަރަޖަ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ މީހާއަށް ފަރުވާ ދެނީ ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލްގެ އައިސީޔޫގަ އެވެ.

އެމީހާއަށް އަނިޔާވީ ސީޕްލޭނާއި ޕްލެޓްފޯމް ދޭތެރޭގައި ތާށިވެގެން ކަމަށްވެ އެވެ.

މި ހާދިސާއާ ގުޅިގެން ޓީއެމްއޭ އިން ބުނީ ސީޕްލޭންގައި ތިބި ފަސިންޖަރުންނާއި ކްރޫން ސަލާމަތް ކޮށްފައިވާ ކަމަށެވެ. އަދި ހާދިސާ ހިނގި ގޮތް ބަލައި، ތަފުސީލް އާންމު ކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނެރުނު ބަޔާނެއްގައި ބުނީ ހާދިސާ ހިނގުމާއެކު، އެއާޕޯޓް އިމަޖެންސީ ސާވިސަސް އިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެ ހާދިސާއާ ގުޅިގެން ފޯރުކޮށްދޭންޖެހޭ އެންމެހައި އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

ސޯޝަލް މީޑިއާގައި ބައެއް މީހުން އާއްމުކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ޓީއެމްއޭގެ ސީޕްލޭނެއްގެ ކަނދެއް ބިންދައިގެން ގޮސް އަރިއަޅައިލުމުގެ ސަބަބުން އެ ބޯޓުގެ ބައެއް އޮތީ އަޑީގަ އެވެ.

ADVERTISEMENT

ކޮމެންޓު0COMMENTS

ކޮމެންޓު ޝާއިޢުކުރުމުގެ ކުރިން އެޑިޓަރުން ބަލާނެ.

ADVERTISEMENT