އެއްވުމުގައި ގާނޫނާ ހިލާފު އަމަލުތައް ހިންގާ ނަމަ، ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އިދިކޮޅު ފަރާތްތަކުން މާލޭގައި މިރޭ ބޭއްވުމަށް ރާވަމުންދާ އެއްވުމުގައި ގާނޫނާ ހިލާފު އަމަލުތައް ހިންގާ ނަމަ، ވަގުތުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން މިއަދު ދީފި އެވެ.
ރަސްމާލޭގައި ޔޫއޭއީގެ މަޝްހޫރު ކުންފުނި، އީގަލް ހިލްސްއިން ތަރައްގީ ކުރަން ތައްޔާރުވަމުން އަންނަ މަޝްރޫއުއާ ދެކޮޅަށް "ގައުމީ ހަރަކާތުން" މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމަށް ބޭއްވުމަށް ވަނީ ރާވައިފަ އެވެ.
މި އެއްވުން ރޭއްވެވުމުގައި އިސްކޮށް ހުންނެވީ ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. އަދި މިރޭގެ އެއްވުމުގައި އެމްޑީޕީ އާއި ޕީއެންއެފްގެ ސަޕޯޓަރުން ބައިވެރިވާނެ ކަމަށްވެ އެވެ.
ސިޔާސީ ލީޑަރުންގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް މިރޭގެ އެއްވުމުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.
އެކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އެ ކަމުގައި ބައިވެރިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމާއި އާންމު ދަތުރުފަތުރާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ދިމާވެދާނެ ދަތިތަކާ ގުޅޭގޮތުން އެއްވެސް ފަރާތަކުން މިހާތަނަށް ފުލުހުންނަށް މައުލޫމާތު ހިއްސާކޮށްފައި ނުވާ ކަމަށެވެ.
އެހެންވެ ކުރިން އެންގުމަކާ ނުލައި އެއްވުމަށް ހުއްދަކޮށްފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް އެއްނުވުމަށާއި އެއްވެސް ފަރާތަކަށް ދަތި ނުވާނެހެން އެއްވުން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މާލޭގައި އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވުމަށް ރާވަމުންދާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ބޭއްވުމަށް އިލްތިމާސްކޮށް ގާނޫނާ ހިލާފުވެއްޖެނަމަ ވަގުތުން ހުއްޓުވާނެ ކަމުގެ އިންޒާރު ފުލުހުން ދީފި އެވެ.
މި އެއްވުން ބާއްވަނީ ރަސްމާލެ މަޝްރޫއު ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމާ ދެކޮޅަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ "ގައުމީ ހަރަކާތުން" ނެވެ.
އެކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އެ ކަމުގައި ބައިވެރިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމާއި، އާންމު ދަތުރުފަތުރާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ދިމާވެދާނެ ދަތިތަކާ ގުޅޭގޮތުން އެއްވެސް ފަރާތަކުން މިހާތަނަށް ފުލުހުންނަށް މައުލޫމާތު ހިއްސާކޮށްފައި ނުވާ ކަމަށެވެ.
އެހެންވެ ކުރިން އެންގުމަކާ ނުލައި އެއްވުމަށް ހުއްދަކޮށްފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް އެއްނުވުމަށާއި، އެއްވެސް ފަރާތަކަށް ދަތި ނުވާނެހެން އެއްވުން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
"އެ އެއްވުމުގައި ގާނޫނާއި ގަވާއިދާ ހިލާފަށް ހިންގާ އަމަލުތައް ވަގުތުން ހުއްޓުވައި ފިޔަވަޅު އަޅާނެކަން އެންމެހާ ފަރާތްތަކުގެ ސަމާލުކަށްޓަކައި ދެންނެވީމެވެ،" ފުލުހުން ނެރުނު ބަޔާނުގައިވެ އެވެ.


