ސީދާ ޚަބަރަށް
23 ނޮވެމްބަރު 2026DHARAJA.COM
ADVERTISEMENT

ހަބަރު

ގެއްލުނު މީހާ ފެނުނީ ހުޅުމާލެއިން، ހާލު ރަނގަޅު

ގެއްލިގެން ހޯދީ ހއ. ދިއްދޫ މީހެއް

1 މިނެޓް

ގެއްލިގެން ހޯދަމުން އަންނަ އާދަމް އިކްރާމް

މިދިޔަ ބުދަ ދުވަހުގެ ދަންވަރުން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ މީހާ ހުޅުމާލެއިން ފެނިއްޖެ އެވެ.

ގެއްލިގެން ހޯދީ ހއ.ދިއްދޫ، އާލިޔާ، އާދަމް އިކްރާމް، 32، އެވެ.

ފުލުހުން މިއަދު ބުނީ ގެއްލިގެން ހޯދަމުންދިޔަ އިކްރާމް މީގެ އިރުކޮޅެއް ކުރިން ހުޅުމާލެއިން ފެނިފައިވާ ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

އެރޭ ދަންވަރުން ފެށިގެން އާއިލާއަށް އެއްވެސް ހަބަރެއް ނުވާތީ، ގެއްލިފައިވާ ކަމަށް އާއިލާއިން ރިޕޯޓުކޮށްފައިވަނީ އިއްޔެ ރޭ ދަންވަރު އެވެ.

މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

/

ADVERTISEMENT

ކޮމެންޓު0COMMENTS

ކޮމެންޓު ޝާއިޢުކުރުމުގެ ކުރިން އެޑިޓަރުން ބަލާނެ.

ADVERTISEMENT