ސީދާ ޚަބަރަށް
23 ނޮވެމްބަރު 2026DHARAJA.COM
ADVERTISEMENT

ހަބަރުމަސްތުވާތަކެތި

ދިރުވާލައިގެން ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު 62 އަހަރުގެ ދިވެއްސަކު އަތުލައިގެންފި

އެމީހާ އަތުލައިގަތީ ތައިލެންޑުން ރާއްޖެ އައި ތަނުން

1 މިނެޓް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު. ---ފޮޓޯ: އެމްއޭސީއެލް
ދިރުވާލައިގެން ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު 62 އަހަރުގެ ދިވެއްސަކު އަތުލައިގެންފި

ހަށިގަނޑުގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 62 އަހަރުގެ ދިވެއްސަކު މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ މިތަކެތި އަތުލައިގަތީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ތައިލޭންޑުން ރާއްޖެ އައި ދިވެހި ފަސިންޖަރުގެ އަމަލުތައް ހުރި ގޮތުން ޝައްކުކުރެވިގެން، ކަސްޓަމްސް އޮފިސަރުން އެ ފަސިންޖަރާއި ސުވާލުކޮށް އިތުރަށް ބަލައި ފާސް ކުރުމުގެ ތެރޭގައި ކަމަށެވެ.

ދިރުވާލައިގެން ރާއްޖެ އެތެރެ ކުރަން އުޅުނީ 117.6 ގްރާމް ކޮކެއިން އަދި 167.30 ގްރާމް ސިންތެޓިކް ކެތިނޯން ކަމަށާއި އެ ތަކެތީގެ ބަރުދަނުގައި 284.9 ގްރާމް (19 ބުލެޓް) ހުރި ކަމަށް ކަސްޓަމުން ބުންޏެވެ.

އެމީހާ ރާއްޖެ އެތެރެކުރަން އުޅުނު ސިންތެޓިކް ކެތިނޯންއަކީ ޕާޓީ ޑްރަގެވެ.

އޭނާ ހުއްޓުވައި ސުވާލުކުރީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ކަމަށް ވެސް ކަސްޓަމުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އަތުލައިގަތް މަސްތުވާތަކެއްޗާއި، އެތަކެތި އެތެރެކުރަން އުޅުނު މީހާ މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ. ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ADVERTISEMENT

ކޮމެންޓު0COMMENTS

ކޮމެންޓު ޝާއިޢުކުރުމުގެ ކުރިން އެޑިޓަރުން ބަލާނެ.

ADVERTISEMENT