ސީދާ ޚަބަރަށް
23 ނޮވެމްބަރު 2026DHARAJA.COM
ADVERTISEMENT

ހަބަރު

މާލެ އިން މީހަކު ގެއްލިގެން ހޯދަން ފަށައިފި

1 މިނެޓް

ގެއްލިގެން ހޯދަމުން އަންނަ އާދަމް އިކްރާމް

މާލެއިން ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި ގެއްލިގެން ހޯދަނީ ހއ.ދިއްދޫ، އާލިޔާ، އާދަމް އިކްރާމް 32، އެވެ.

އާއިލާއާ ހަވާލާދީ ފުލުހުން ބުނީ އާދަމް ވީނުވީއެއް ނޭނގި ގެއްލުނީ ނޮވެމްބަރު 11 ވަނަ ދުވަހުގެ ރޭ ދަންވަރުން ފެށިގެން ކަމަށެވެ.

އެމީހާ ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން އަދި ފެނިފައި ނުވާތީ، އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9790085 އަށް ގުޅައި، އެ މައުލޫމާތު ހިއްސާކޮށް ދިނުމަށް ފުލުހުން އެދިފައިވެ އެވެ.

މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ADVERTISEMENT

ކޮމެންޓު0COMMENTS

ކޮމެންޓު ޝާއިޢުކުރުމުގެ ކުރިން އެޑިޓަރުން ބަލާނެ.

ADVERTISEMENT