ސީދާ ޚަބަރަށް
23 ނޮވެމްބަރު 2026DHARAJA.COM
ADVERTISEMENT

ހަބަރު

މިސްކިތުގައި ނަމާދަށް ހުރި މީހެއްގެ ކުރިމަތީ ބަރަހަނާވި ނައުޝާދު އަނެއްކާވެސް ހައްޔަރުކޮށްފި

1 މިނެޓް

ނައުޝާދު މޫސާ. --- ފޮޓޯ: ޕޮލިސް
މިސްކިތުގައި ނަމާދަށް ހުރި މީހެއްގެ ކުރިމަތީ ބަރަހަނާވި ނައުޝާދު އަނެއްކާވެސް ހައްޔަރުކޮށްފި

މިސްކިތްތަކުގެ ހުރުމަތް ކަނޑައިގެން ތަކުރާރުކޮށް ހައްޔަރުކޮށްފައިވާ ނައުޝާދު މޫސާ، ފުރުގާން މިސްކިތުގައި ނަމާދަށް ހުރި އަންހެނެއްގެ ކުރިމަތީގައި ބަރަހަނާވެގެން އަނެއްކާ ވެސް ހައްޔަރުކޮށްފި އެވެ.

"ދަރަޖަ" އަށް އެނގިފައިވާ ގޮތުގައި ނައުޝާދު އިއްޔެ ވަނީ ފުރުގާން މިސްކިތުގެ އަންހެނުން ނަމާދު ކުރާ ބަޔަށް ވަދެ، އެ ތަނުގައި ނަމާދު ކުރަން ހުރި އަންހެނެއްގެ ކުރިމަތީގައި ބަރަހަނާވެފަ އެވެ.

ފުލުހުންގެ އޮފިޝަލަކު ވަނީ މިފަދަ މައްސަލައެއްގައި ނައުޝާދު ހައްޔަރުކުރިކަން ކަށަވަރުކޮށްދީފަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ފަތިހު 4:14 ހާއިރު ފުރުގާން މިސްކިތަށް ވަދެ، މިސްކިތް ތެރެއަށް ބޮޑުކަމުގޮސް، މިސްކިތުގެ ހުރުމަތް ކެނޑޭ ފަދަ އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތަކެއް ހިންގައި ވެސް ނައުޝާދު ވަނީ ހައްޔަރުކޮށްފަ އެވެ.

އެ މައްސަލައިގައި އޭނާ ކުށަށް އިއުތިރާފްވުމާ ގުޅިގެން ކުށް ސާބިތުވެ، އެއް މަހާއި 15 ދުވަހުގެ ޖަލު ހުކުމެއް މި މަހުގެ އެއް ވަނަ ދުވަހު އިއްވި އެވެ. އެކަމަކު، އެ މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކުރި އަމުރުގެ ދަށުން އޭނާ ބަންދުގައި އެއް މަހާއި 21 ދުވަހުގެ މުއްދަތެއް ހޭދަކޮށްފައިވާތީ އެ މުއްދަތު އަދަބުން އުނިކުރުމުން، އޭނާ ތަންފީޒުކުރަންޖެހޭ އިތުރު ޖަލު އަދަބެއް ނެތް ކަމަށް ކޯޓުން ކަނޑައެޅި އެވެ.

ނައުޝާދު މިނިވަންވި ފަހުން މިސްކިތުގައި ނިދާ ފޮޓޯތަކެއް މީގެކުރިން ވެސް އާންމުވެފައިވެ އެވެ.

ADVERTISEMENT

ކޮމެންޓު0COMMENTS

ކޮމެންޓު ޝާއިޢުކުރުމުގެ ކުރިން އެޑިޓަރުން ބަލާނެ.

ADVERTISEMENT