ސީދާ ޚަބަރަށް
23 ނޮވެމްބަރު 2026DHARAJA.COM
ADVERTISEMENT

ހަބަރުރައީސް ޑރ. މުހައްމަދު މުއިއްޒު

ސަރުކާރަށް 3 އަހަރު ފުރުމާ ގުޅިގެން ބާއްވާ ބޮޑު ހަފްލާގައި ރައީސްގެ ޕްރެޒެންޓޭޝަނެއް

މި ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި

1 މިނެޓް

ރައީސް ޑރ. މުއިއްޒު، އއ. އުކުޅަހަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ. --- ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުއިއްޒު، އއ. އުކުޅަހަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ. --- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ހުޅުމާލޭގައި މިރޭ ބޮޑު ހަފްލާއެއް ބާއްވަން ނިންމައިފި އެވެ.

މި ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.

ރައީސް އޮފީހުގެ އޮފިޝަލަކު "ދަރަޖަ" އަށް މިއަދު ވިދާޅުވީ މި ހަފްލާއަކީ އާންމުކޮށް ހުޅުވާލެވިފައި އޮތް ހަފްލާއެއް ކަމަށާއި ދިވެހި ކޮންމެ ރައްޔިތަކަށް ވެސް މި ހަފްލާގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އެހެންވެ، މިރޭ 8:00 ގައި ފަށާ ޖަލްސާގައި ބައިވެރިވުމަށް ދިވެހި ހުރިހާ ރައްޔިތުންނަށް އޭނާ ދައުވަތު ދެއްވި އެވެ.

މި ހަފްލާގައި އޮންނާނެ އެންމެ ހާއްސަ ކަމަކީ، ރައީސް ޑރ. މުއިއްޒު ދެއްވާ ޕްރެޒެންޓޭޝަނެވެ.

މިއީ ވޭތުވެދިޔަ އަހަރު އަދި ޖުމްލަކޮށް ތިން އަހަރު ހޯދި ކާމިޔާބީތަކާ ގުޅޭ ގޮތުން އެމަނިކުފާނު ދެއްވާ ޕްރެޒެންޓޭޝަނެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި އެ ޕްރެޒެންޓޭޝަންގައި ކުރިއަށް ރޭވިފައި ހުރި ކަންކަމުގެ ތަފްސީލްތައް އެމަނިކުފާނު ދެއްވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"ވަރަށް މައުލޫމާތުން ފުރިގެންވާ، ބޭނުންތެރި ޕްރެޒެންޓޭޝަނަކަށް ވާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި މިދިޔަ އަހަރު ހަފްލާ ބޭއްވީ ސޯޝަލް ސެންޓަރުގަ އެވެ. އެ ހަފްލާގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފަ އެވެ.

ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ވޭތުވެދިޔަ ތިން އަހަރު ދުވަހު އެންމެ ބޮޑު އިސްކަމެއް ދިނީ ދަރަނިތައް ދެއްކުމަށެވެ. އެގޮތުން، މި އަހަރު އެކަނި ވެސް ބޭރު ދަރަނީގެ ގޮތުގައި 10 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ދައްކައިފަ އެވެ.

އޭގެ އިތުރުން ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ރަސްމާލެ ހިއްކައި އެ ތަނުން ބޯހިޔާވަހިކަން ދިނުމާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަޅަމުން އަންނަ ފްލެޓުތައް ހިމެނެ އެވެ. މި މަޝްރޫއުތަކުގެ އިތުރުން ރަށްރަށުގައި އުމްރާނީ ގިނަ މަޝްރޫއުތަކެއް މިހާރު ވެސް ދަނީ ހިނގަމުންނެވެ.

ADVERTISEMENT

ކޮމެންޓު0COMMENTS

ކޮމެންޓު ޝާއިޢުކުރުމުގެ ކުރިން އެޑިޓަރުން ބަލާނެ.

ADVERTISEMENT