ސީދާ ޚަބަރަށް
23 ނޮވެމްބަރު 2026DHARAJA.COM
ADVERTISEMENT

ހަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކާ 3 ކުންފުންޏެއްގެ ލައިސަންސް ބާތިލްކޮށްފި

ދެ ކުންފުނި 25،000ރ. އަދި ތިން ވަނަ ކުންފުނި 500،000ރ. އިން ޖޫރިމަނާކުރި

1 މިނެޓް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ). --- ފޮޓޯ: ދައުރު
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ). --- ފޮޓޯ: ދައުރު

ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދާ ހިލާފްވި ތިން ކުންފުންޏެއްގެ ލައިސަންސް ބާތިލްކޮށް، ޖޫރިމަނާކޮށްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފި އެވެ.

އެމްއެމްއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދާ ހިލާފްވުމުގެ ސަބަބުން ޖޫރިމަނާކޮށް، ލައިސަންސް ބާތިލްކުރީ އެލްވީއާރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި މައިޒޯން އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް އަދި މޭޑް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް ކަމަށެވެ.

މައިޒޯން ކުންފުނި، 50،000ރ. އިން ޖޫރިމަނާ ކުރިއިރު، އެލްވީއާރު އައި މޭޑް މަނީ ކުންފުނި ޖޫރިމަނާކުރީ 25،000ރ. އިން ކަމަށް އެމްއެމްއޭ އިން ބުނެފައިވެ އެވެ.

އަދި އެ ތިން ކުންފުނީގެ ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ބާތިލްކޮށްފައިވާ ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.

ބޭރު ފައިސާ ގަނެވިއްކުމުގައި ބައެއް ފަރާތްތަކުން ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރަމުން ނުދާކަން އެ އޮތޯރިޓީއަށް ފާހަގަވެފައިވާ ކަމަށް އެމްއެމްއޭ އިން ބުނެފައިވެ އެވެ. އެހެންވެ ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ކުރުމުގައި ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމަށް އެމްއެމްއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެމްއެމްއޭއިން ވަނީ ގަނޫނާއި ގަވާއިދާއި ހިލާފުވާ ފަރާތްތަކާމެދު ކުރިއަށް އޮތްތާގައި ވެސް އެމްއެމްއޭ އާއި ތަންފީޒީ އިދާރާތައް ގުޅިގެން ފިޔަވަޅުއަޅަމުން ދާނެ ކަން ހަނދާންކޮށްދީފަ އެވެ.

ADVERTISEMENT

ކޮމެންޓު0COMMENTS

ކޮމެންޓު ޝާއިޢުކުރުމުގެ ކުރިން އެޑިޓަރުން ބަލާނެ.

ADVERTISEMENT