ސީދާ ޚަބަރަށް
23 ނޮވެމްބަރު 2026DHARAJA.COM
ADVERTISEMENT

ހަބަރު

ސައިކަލެއް ކޮންޓްރޯލް ނުވެ ސެލޫނެއްގެ ތެރެއަށް، ދުއްވަން އިނީ 17 އަހަރުގެ ކުއްޖެއް!

އަނިޔާވި ކުއްޖާއަށް އައިޖީއެމްއެޗުގައި ދަނީ ފަރުވާދެމުން

1 މިނެޓް

ސެލޫނެއްގެ ބިއްލޫރިގަނޑަށް އެރި ސައިކަލްު. --- ފޮޓޯ: އެމްވީކްރައިސިސް
ސެލޫނެއްގެ ބިއްލޫރިގަނޑަށް އެރި ސައިކަލްު. --- ފޮޓޯ: އެމްވީކްރައިސިސް

ސައިކަލެއް ކޮންޓްރޯލް ނުވެ، ސެލޫނެއްގެ ބިއްލޫރިގަނޑަށް އަރައި ކުޑަކުއްޖަކަށް މިއަދު އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މާލޭގެ ސަބުދެރިޔާމަގުގައި މިއަދު ހެނދުނު ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އެއް ސައިކަލު ކޮންޓްރޯލް ނުވެ ގޮސް ސެލޫނެއްގެ ބިއްލޫރިގަނޑު ފަޅާލާފައި އެ ފިހާރަތެރެއަށް ވަދެފައިވާ ކަމަށެވެ.

ސެލޫންގެ ބިއްލޫރިގަނޑަށް ވަން ސައިކަލް ދުއްވަން އިނީ 17 އަހަރުގެ ކުޑަކުއްޖަކު ކަމަށް ފުލުހުން ބުންޏެވެ.

އެ ކުއްޖާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނައިރު، ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށްވެ އެވެ.

އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 9:16 ހާއިރެވެ.

މި އެކްސިޑެންޓުގައި ކުޑަ ކުއްޖާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ނުދެ އެވެ.

މި މައްސަަލަ ފުލުހުން ގެންދަނީ ތަހުގީޣު ކުރަމުންނެވެ.

ADVERTISEMENT

ކޮމެންޓު0COMMENTS

ކޮމެންޓު ޝާއިޢުކުރުމުގެ ކުރިން އެޑިޓަރުން ބަލާނެ.

ADVERTISEMENT