ސީދާ ޚަބަރަށް
23 ނޮވެމްބަރު 2026DHARAJA.COM
ADVERTISEMENT

ހަބަރުރައީސް ޑރ. މުހައްމަދު މުއިއްޒު

އެމްޓީސީސީއަށް ގަތް ބޮޑު ޑްރެޖަރު މާޗު މަހު ރާއްޖެ ގެންނަނީ

އެ ޑްރެޖަރު ގެންނަނީ ބިން ހިއްކުމުގެ މަޝްރޫއުތައް ހަލުވިކުރަން

1 މިނެޓް

އެމްޓީސީސީގެ މަހާޖައްރާފް ރަށެއްގެ ކައިރީގައި. --- ފޮޓޯ: އެމްޓީސީސީ
އެމްޓީސީސީގެ މަހާޖައްރާފް ރަށެއްގެ ކައިރީގައި. --- ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީން ކުރިއަަށްގެންދާ ބިން ހިއްކުމުގެ މަޝްރޫތައް ހަލުވިކުރުމުގެ ގޮތުން އަންނަ މާޗް މަހުގައި ބޮޑު ޑްރެޖަރެއް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ހުޅުމާލޭގައި ބޭއްވި ބޮޑު ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ އަލަށް ގެންނަ ޑްރެޖަރަކީ އެމްޓީސީސީން މިހާރު ބިން ހިއްކަން ގެންގުޅޭ "މަހާޖައްރާފު" އަށް ވުރެ ތިން ގުނަ ބޮޑު ޑްރެޖަރެއް ކަމަށެވެ.

އެ ޑްރެޖަރަށް ފައިސާ ދައްކާފައިވާ އިރު، މާޗް މަހުގެ ތެރޭގައި އެ އުޅަނދު ރާއްޖެ ގެނެވޭނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ. އެ ޑްރެޖަރު ރާއްޖެއަށް ގެނެވުމާ އެކު ބިން ހިއްމުގެ މަސައްކަތް ނުފެށި އޮތް ރަށްތަކުގައި އެ މަސައްކަތް ފެށޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑަށް ވެސް ވަރަށް މެސެޖު އާދޭ ތިމަންނަ މެން ރަށުގައި ބިން ހިއްކަން ވައުދުވެފައި ނުކޮށްދެމެއް ނޫންހޭ. ނުކޮށްދެނީކީ ނޫން ނުވެފައި އޮތީ އެ ސަބަބާ ހުރެ. އެހެންވީމަ މިއަންނަ އަހަރު އެ ރަށްތަކުގެ ބިން ހިއްކޭނެ،" ރައީސް ވިދާޅުވި އެވެ.

އެމްޓީސީސީން ކުރިއަށް ގެންދާ މަޝްރޫއުތަކަށް ބޭނުންވާ ބޮޑުހިލަ އާއި އެހެނިހެން ސާމާނު އަންނަން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ދެ ތިން މަހެއްގެ ތެރޭގައި ރަށްރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށް ދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވަނީ ރަށްރަށުގައި ހިންގަމުން އަންނަ ތަރައްގީގެ މަޝްރޫއުތައް ވަރަށް ބޮޑަށް މަޑުޖެހިފައި ހުރިކަން ފާހަގަ ކުރައްވައިފަ އެވެ. އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަ ކުރެއްވީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ އެވެ.

ސަރުކާރުން ކުރި މަސައްކަތުން އެ މަޝްރޫއުތައް އަވަސް ކުރެވޭނެ އެހެން ގޮތްތައް ހޯދާފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި މަޝްރޫއުތައް އަވަހަށް ކުރިއަށް ގޮސް، ނިމެމުންދާ މަންޒަރު ފެންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ADVERTISEMENT

ކޮމެންޓު0COMMENTS

ކޮމެންޓު ޝާއިޢުކުރުމުގެ ކުރިން އެޑިޓަރުން ބަލާނެ.

ADVERTISEMENT