ސީދާ ޚަބަރަށް
23 ނޮވެމްބަރު 2026DHARAJA.COM
ADVERTISEMENT

ހަބަރު

އެމްއެންޑީއެފްގެ "އެކްސަސައިޒް ޖައްރާފާ" ފަށައިފި

މިއީ އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިއު އިން ކުރިއަށް ގެންދާ ތަމްރީންތަކެއް

12 ގަޑިއިރު ކުރިން1 މިނެޓް

އެމްއެންޑީއެފްގެ ތަމްރީން ފެށުމަށް ބޭއްވި ރަސްމިއްޔާތު. --- ފޮޓޯ: އެމްއެންޑީއެފް
އެމްއެންޑީއެފްގެ ތަމްރީން ފެށުމަށް ބޭއްވި ރަސްމިއްޔާތު. --- ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން ބާއްވާ “އެކްސަސައިޒް ޖައްރާފާ-2026” ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ މިއަދު ފެށި އެ ތަމްރީންތަކަކީ ފަޔަ އެންޑް ރެސްކިޔު ސާވިސްއިން އަމަލުކުރަމުންދާ ފަޔާ އިމަޖެންސީ އޮޕަރޭޝަނަލް ޕްލޭނަށް އަހުލުވެރިވުމުގެ ގޮތުން ބާއްވާ ތަމްރީންތަކެއް ކަމަށެވެ.

މީގެ މަގުސަދުތަކުގެ ތެރޭގައި، ބޮޑެތި އަދި އުނދަގޫ އަލިފާނުގެ ހާދިސާތަކަށް އިޖާބަދީ، ފަޔާ ފައިޓަރުން ހަރަކާތްތެރިވާ އިރު، ފަޔާ ފައިޓަރުންނަށް ލިބިފައިވާ އިލްމާއި ހުނަރާއި ވަސީލަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށްގެން ހާދިސާތައް މެނޭޖްކުރާ މިންވަރު ދެނެގަތުމުގެ އިތުރުން، ފަޔާ އިމަޖެންސީ އޮޕަރޭޝަން ޕްލޭނަށް ފަރިތަކުރުން ހިމެނެ އެވެ.

އެމްއެންޑީއެފްގެ ތަމްރީން ފެށުމަށް ބޭއްވި ރަސްމިއްޔާތު. --- ފޮޓޯ: އެމްއެންޑީއެފް
އެމްއެންޑީއެފްގެ ތަމްރީން ފެށުމަށް ބޭއްވި ރަސްމިއްޔާތު. --- ފޮޓޯ: އެމްއެންޑީއެފް

މި ތަމްރީން ފެށުމުގެ ގޮތުން މިއަދު ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ.

މި ތަމްރީނުތައް މިއަދާއި މާދަމާ ކުރިއަށް ދާނީ މާލެ، ވިލިމާލެ، ހުޅުމާލެ، ތިލަފުށި އަދި ކްރޮސްރޯޑްގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މިއަދުގެ އެކްސަސައިޒް ކުރިއަށްދާ ވަގުތު މާލޭގެ މަގުތަކުގައި އާއި މާލޭ ސަރަހައްދުގައި ފަޔާ ވެހިކަލް، ސައިރަން އެޅުމާ އެކު ހަރަކާތްތެރިވާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ADVERTISEMENT

ކޮމެންޓު0COMMENTS

ކޮމެންޓު ޝާއިޢުކުރުމުގެ ކުރިން އެޑިޓަރުން ބަލާނެ.

ADVERTISEMENT