ސީދާ ޚަބަރަށް
23 ނޮވެމްބަރު 2026DHARAJA.COM
ADVERTISEMENT

ހަބަރުސުޕްރީމް ކޯޓު

ސުޕްރީމް ކޯޓަށް ސަމީރު އައްޔަންކުރަން މަޖިލީހަށް ނަން ފޮނުވައިފި

ޖޭއެސްސީން ލަފާ ދީފައިވަނީ ސަމީރު، ސުޕްރީމް ކޯޓަށް އައްޔަން ކުރަން

1 މިނެޓް

ފަނޑިޔާރު ސަމީރު.
ފަނޑިޔާރު ސަމީރު.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަންނަ މަހުން ފެށިގެން ރިޓަޔާ ކުރައްވާތީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން އެ މަގާމަށް ކުރިމަތިލެއްވީ ސަމީރުގެ އިތުރުން ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.

މި ދެ ބޭފުޅުންގެ ތެރެއިން ސަމީރުގެ ނަން ރައީސް ޑރ. މުއިއްޒަށް ލަފާދެއްވުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައީސަށް ލަފާ އަރުވާފައިވެ އެވެ. އެ ލަފާއާ އެއްގޮތަށް ރައީސް، ސަމީރުގެ ނަން މަޖިލީހަށް ފޮނުވާފައިވާއިރު އެ މައްސަލަ ދިރާސާކުރަން ޖުޑިޝަރީ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަން ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް އެ ނަންފުޅެއް ފޮނުއްވުމުން، ރައްޔިތުންގެ މަޖިލިހުން ފާސްކޮށްގެންނެވެ.

ސަމީރަކީ 2011 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އޭގެކުރިން މަދަނީ ކޯޓުގެ އިސްގާޒީކަން ވެސް އޭނާ ކުރެއްވިއިރު، ހައި ކޯޓުން ވަކިވެވަޑައިގަތުމަށް ފަހު ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ވެސް ވަނީ އަދާކުރައްވައިފަ އެވެ.

ADVERTISEMENT

ކޮމެންޓު0COMMENTS

ކޮމެންޓު ޝާއިޢުކުރުމުގެ ކުރިން އެޑިޓަރުން ބަލާނެ.

ADVERTISEMENT