ސީދާ ޚަބަރަށް
23 ނޮވެމްބަރު 2026DHARAJA.COM
ADVERTISEMENT

ހަބަރު

ދައުލަތަށް ހިދުމަތްކުރުމާއި މަތީ ދަރަޖަ އިނާމު 113 ބޭފުޅަކަށް ލިބިވަޑައިގެންފި

ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު 56 ބޭފުޅަކަށް، މަތީ ދަރަޖަ ހޯއްދެވި 57 ބޭފުޅަކަށް އިނާމު އެރުވި

1 މިނެޓް

ރައީސް ޑރ. މުއިއްޒު، ބޭފުޅަކަށް އިނާމް ހަވާލުކޮށް ދެއްވަނީ. --- ފޮޓޯ: ދަރަޖަ
ރައީސް ޑރ. މުއިއްޒު، ބޭފުޅަކަށް އިނާމް ހަވާލުކޮށް ދެއްވަނީ. --- ފޮޓޯ: ދަރަޖަ

ދައުލަތަށް ހިދުމަތްކުރުމުގެ ގައުމީ އިނާމު 56 ބޭފުޅަކަށް އަދި މަތީ ދަރަޖަ ހޯއްދެވި 57 ބޭފުޅަކަށް އަރުވައިފި އެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި، 113 ބޭފުޅުންނަށް އިނާމު ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ޒުވާނުންގެ މަރުކަޒުގައި އޮތް ޖަލްސާގައި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 56 ބޭފުޅަކަށް ލިބިވަޑައިގެންނެވި އިރު، އިނާމުގެ ގޮތުގައި ރައީސް ޑރ. މުއިއްޒު ދެއްވީ ޝަރަފުގެ ބެޖަކާއި އައްޑަނައަކާއި ހަނދާނި ލިޔުމެކެވެ. ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވި 66 ބޭފުޅަކަށް އިނާމް އަރުވާފައިވެ އެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދެއްވާ އިނާމު މިއަހަރު ލިބިވަޑައިގަތް 57 ބޭފުޅުންނަކީ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލް ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކުރެއްވި ހަ ބޭފުޅުންނާއި ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7ގެ ނުވަތަ ލެވެލް 8ގެ ނޫންނަމަ ލެވެލް 9ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެމަތީ ވަނަ ހޯއްދެވި 50 ބޭފުޅުންނެވެ.

އަދި ބައިނަލްއަގްވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ ބައިނަލްއަގްވާމީ މިނޫންވެސް މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދައިގެން އިނާމު ހާސިލު ކުރި އެއްފަރާތަކަށެވެ. ޚާއްސަ އިނާމުގެ ގޮތުގައި ރައީސް ޑރ. މުއިއްޒު ދެއްވީ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.

އިނާމުތަކަށް ބޭފުޅުން ހޮއްވެވުމުގެ މަސައްކަތް ކުރިއަށް ގެންދެވީ، ޚާއްސަ އިނާމާބެހޭ ކޮމިޓީންނެވެ.

މި ޖަލްސާގައި ހިދުމަތުގެ އެންމެ މަތިވެރި ޝަރަފު އެރުވި ދެބޭފުޅުންނަކީ، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ މުހައްމަދު ރަޝީދު އިބްރާހީމާއި ނިޝާން ޢިއްޒައްދީނުގެ ޢިއްޒަތުގެ ވެރިޔާ މ. ސިލްވަކްލައުޑް އައްބާސް އިބްރާހީމް އެވެ.

ADVERTISEMENT

ކޮމެންޓު0COMMENTS

ކޮމެންޓު ޝާއިޢުކުރުމުގެ ކުރިން އެޑިޓަރުން ބަލާނެ.

ADVERTISEMENT