ކޫއްޑޫގައި ޑްރަގު ރައްކާކޮށް، ވިއްކާ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ގއ. ކޫއްޑޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މިދިޔަ ބުރާސްފަތި ދުވަހު ބަންގްލަދޭޝްގެ އެ ފިރިހެން މީހާ ހައްޔަރުކުރީ ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް، ފުޅާދާއިރާއެއްގައި އެ ތަކެތި ވިއްކާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ކަމަށެވެ.
މި އޮޕަރޭޝަން ހިންގީ ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސާއި ގއ. ވިލިނގިލި ޕޮލިސް އަދި ގއ. މާމެންދޫ ޕޮލިސް ގުޅިގެންނެވެ.
މި މައްސަލައިގައި ހައްޔަރުކުރީ އެމްޑީ ހާރިސް މިއަ، 37، އެވެ.
ފުލުހުން ބުނީ ކޫއްޑޫގައި އޭނާ ދިރިއުޅޭ ތަން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި ފެނުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 66 ގުރާމް ކަމަށެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.


