ސީދާ ޚަބަރަށް
23 ނޮވެމްބަރު 2026DHARAJA.COM
ADVERTISEMENT

ވިޔަފާރިއިކޮނޮމިކް މިނިސްޓްރީ

އިހަވަންދިއްޕޮޅުގައި "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" މަޝްރޫއު ހިންގަން ސޮއިކޮށްފި

މި މަޝްރޫއު ހަވާލުކޮށްފައިވަނީ އަބޫދާބީގެ ކުންފުންޏެއް ކަމަށްވާ ސާހް ގްރޫޕާ

2 މިނެޓް

އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް" މަޝްރޫއުގެ ކުރެހުމެއް. --- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ ބިޔަ މަޝްރޫއުގައި މިރޭ ސޮއިކުރަން އޮތް ރަސްމިއްޔާތު. -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުގައި "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް" ގެ ބޮޑު މަޝްރޫއު ހިންގުމުގެ އެއްބަސްވުމުގައި މިރޭ ސޮއިކޮށްފި އެވެ. ދިވެހި ސަރުކާރުން މި މަޝްރޫއު ހަވާލުކުރީ އަބޫދާބީގެ ސާހް ގުރޫޕް ފޯ ޓެކްނިކަލް ސާވިސަސް (ސާހް ގުރޫޕް) އާ އެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ މަޝްރޫއަކީ ރާއްޖޭގެ އުތުރުގައި ބައިނަލްއަގުވާމީ ފެންވަރުގެ ޓްރާންސްޝިޕްމަންޓްގެ ހިދުމަތް ހިމެނޭ ގޮތަށް ޕޯޓު ޒޯނަކާއި ލޮޖިސްޓިކްސް އާއި އިގުތިސާދީ މައި މަރުކަޒެއް ގާއިމް ކުރުމަށް ރާއްޖެއިން ޒަމާނުއްސުރެ ދެކެމުން އައި ތަސައްވުރު ހަގީގަތަކަށް އެޅުނު ތާރީހީ ފިޔަވަޅެއް ކަމަށެވެ.

މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ ބިޔަ މަޝްރޫއުގައި މިރޭ ސޮއިކުރަން އޮތް ރަސްމިއްޔާތު. -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ ބިޔަ މަޝްރޫއުގައި މިރޭ ސޮއިކުރަން އޮތް ރަސްމިއްޔާތު. -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ:

  • އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
  • އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް
  • ސާހް ގްރޫޕުގެ ސީއީއޯ - ޕޯޓް އެންޑް އިންޑަސްޓްރިއަލް ސިޓީ ޑިވެލޮޕްމަންޓް އަހްމަދު އިބްރާހިމް އަލީ މުހައްމަދު އަލްމުތާވާ

އަބޫދާބީޣެ ސާހް ގްރޫޕަކީ 1976 ވަނަ އަހަރުން ފެށިގެން މެރިޓައިމް، އެނާޖީ އަދި ލޮޖިސްޓިކްސް ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ކުންފުންޏެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް އެ ކުންފުނިން ޝައުގުވެރިކަން ފާޅުކޮށްފައިވަނީ، ޒަމާނީ ބަނދަރަކާއި ގުޅުން ހުރި އެންމެހައި ވަސީލަތްތައް އެކުލެވޭ ފުރިހަމަ އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓެއްގެ ގޮތުގައި ކަމަށް އެ ބަޔާނުގައިވެ އެވެ.

އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް" މަޝްރޫއުގެ ކުރެހުމެއް. --- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް" މަޝްރޫއުގެ ކުރެހުމެއް. --- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

އެ މަޝްރޫއުގެ ތެރޭގައި ހިމެނޭ މައިގަނޑު ކަންކަމަކީ:

  • ބައިނަލްއަގްވާމީ ފެންވަރުގެ ކޮމާޝަލް ބަނދަރެއް އެޅުން
  • މެރިޓައިމް އަދި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުން
  • ފަތުރުވެރިކަމާއި އެހެނިހެން ހިދުމަތްތައް އެކުލެވޭ ގޮތަށް ސަރަހައްދު ތަރައްގީ ކުރުން.
އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް" މަޝްރޫއުގެ ކުރެހުމެއް. --- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް" މަޝްރޫއުގެ ކުރެހުމެއް. --- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް މަޝްރޫއުއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި އަދި އެ މަނިކުފާނުގެ އެންމެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވެސް ފާހަގަކުރެއްވި މަޝްރޫއުއެކެވެ. މިއީ "ވިޝަން 2040" ދުރު ރާސްތާގެ އިގުތިސާދީ ތަސައްވުރުގެ ދަށުން ރާއްޖޭގެ އިގުތިސާދު ޑައިވާސިފައި ކުރުމަށް އަޅާ މުހިންމު ބިންގަލެއް ކަމަށް ބަޔާނުގައިވެ އެވެ.

"އިންޓަނޭޝަނަލް މެރިޓައިމްގެ މައި މަގެއް ކަމަށްވާ 8-ޑިގްރީ ޗެނަލް ކައިރީގައި އިހަވަންދިއްޕޮޅު އޮތުމަކީ، މެރިޓައިމް އަދި ލޮޖިސްޓިކްސް ވިޔަފާރިތަކަށް ރާއްޖޭގެ އިސްތިރާޖީ ސަރަހައްދު ކެޕިޓަލައިޒް ކުރުމަށް އެންމެ އެކަށޭނެ އެއް ސަރަހައްދެވެ،" އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

އެ މަޝްރޫއަކީ ރާއްޖޭގެ އުތުރުގައި ބައިނަލްއަގުވާމީ ފެންވަރުގެ ޓްރާންސްޝިޕްމަންޓްގެ ހިދުމަތް ހިމެނޭ ގޮތަށް ޕޯޓު ޒޯނަކާއި ލޮޖިސްޓިކްސް އާއި އިގުތިސާދީ މައި މަރުކަޒެއް ގާއިމް ކުރުމަށް ރާއްޖެއިން ޒަމާނުއްސުރެ ދެކެމުން އައި ތަސައްވުރު ހަގީގަތަކަށް އެޅުނު ތާރީހީ ފިޔަވަޅެއް ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އިހަވަންދިއްޕޮޅު ތަރައްގީ ކުރުމަށް އެކިއެކި ސަރުކާރުތަކުން މިހާތަނަށް މަސައްކަތްތައް ކޮށްފައިވީ ނަމަވެސް މިރޭ ސޮއިކުރި އެއްބަސްވުމަކީ ރައީސް ޑރ. މުއިއްޒުގެ ތަސައްވުރު ހަގީގަތަކަށް ހެދުމަށް އެޅި ހަރުދަނާ ފިޔަވަޅެއް ކަމަށް ބަޔާނުގައިވެ އެވެ.

ދިވެހި ސަރުކާރުގެ އެންމެ އިސް އަމާޒަކީ ދިވެހި ގައުމާއި ރައްޔިތުންގެ މަސްލަހަތު އެންމެ ފުރިހަމައަށް ހިމާޔަތް ކުރެވި، ދިވެހި އިގްތިސާދަށާއި ރައްޔިތުންނަށް ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި މަންފާ ލިބޭނެހެން މި މަޝްރޫއު ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިއުން ކަމަށް ބަޔާނުގައިވެ އެވެ. އަދި 2040 އަށް ހަމައަށް ދާއިރު ތަރައްގީ ވެފައިވާ ގައުމަކަށް ހެދުމަކީ އަމާޒެއް ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ADVERTISEMENT

ކޮމެންޓު0COMMENTS

ކޮމެންޓު ޝާއިޢުކުރުމުގެ ކުރިން އެޑިޓަރުން ބަލާނެ.

ADVERTISEMENT