ސީދާ ޚަބަރަށް
23 ނޮވެމްބަރު 2026DHARAJA.COM
ADVERTISEMENT

ވިޔަފާރިއެސްޓީއޯ

އެސްޓީއޯގެ ފިހާރަތަކުގައި އަގުހެޔޮކޮށް ކެރެޓު، ލޮނުމެދު، ފިޔާ، އަލުވި ލިބޭނެ

ބައެއް މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ބާޒާރުގައި ތަކެތީގެ އަގު ވަނީ އުފުލިފައި

15 ގަޑިއިރު ކުރިން1 މިނެޓް

އެސްޓީއޯގެ ފިހާރަތަކުގައި ކެރެޓް، ފިޔާ، އަލުވި، ލޮނުމެދު ލިބޭ އަގުތައް. --- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
އެސްޓީއޯގެ ފިހާރަތަކުގައި ކެރެޓް، ފިޔާ، އަލުވި، ލޮނުމެދު ލިބޭ އަގުތައް. --- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ބާޒާރުގެ ބައެއް ފިހާރަތަކުން އަސާސީ ބައެއް ބާވަތްތަކުގެ އަގު ބޮޑު ކަމަށް ބުނި ނަމަވެސް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އެ ބާވަތްތައް ހެޔޮ އަގުގައި ވިއްކަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓްރީން އިއްޔެ ހާމަކޮށްފި އެވެ.

ބައެއް ނޫސްތަކުގައިވާ ގޮތުން، ކެރެޓް ކިލޯއެއް ވަނީ 170ރ. އަށް އަރައިފަ އެވެ. އެކަމަކު، އެސްޓީއޯ އިން ކެރެޓް ކިލޯއެއް ވިއްކަނީ 40ރ. އަށެވެ.

މީގެކުރިން، 250ރ. އަށް ވިއްކި ފިޔާ ބަސްތާއެއްގެ އަގު 500ރ. އަށް އަރާފައިވާ ކަމަށް ވެސް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ. އެކަމަކު، އެސްޓީއޯގެ ފިހާރަތަކުގައި ފިޔާ ކިލޯއެއް ވިއްކަނީ 15ރ. އަށެވެ.

އޭގެއިތުރުން އެސްޓީއޯ އިން އަލުވި ކިލޯއެއް ވިއްކަނީ 12ރ. އަށެވެ. އަދި ލޮނުމެދު ކިލޯއެއް ވިއްކަނީ 50ރ. އަށެވެ.

ބާޒާރުގައި މުދަލުގެ އަގު ބޮޑުވިޔަނުދިނުމަށް އިކޮނޮމިކް މިނިސްޓްރީން އަންނަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ސަރުކާރުން ކަނޑައަޅާފައިވާ އަސާސީ ބާވަތްތަކުގެ ލިސްޓުގައި ހިމެނޭ އެއްޗެހި ގަނެ ހެޔޮ އަގުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެސްޓީއޯ އިން ދަނީ ރެއާއި ދުވާލު މަސައްކަތް ކުރަމުންނެވެ.

ADVERTISEMENT

ކޮމެންޓު0COMMENTS

ކޮމެންޓު ޝާއިޢުކުރުމުގެ ކުރިން އެޑިޓަރުން ބަލާނެ.

ADVERTISEMENT