ސީދާ ޚަބަރަށް
23 ނޮވެމްބަރު 2026DHARAJA.COM
ADVERTISEMENT

ވިޔަފާރި

އަންނަން އޮތް ޖީލުތަކަށް ދަރަނީގެ ބުރަ ކުޑަކުރަން ދިގު މުއްދަތުގެ އިންވެސްޓްމަންޓް އިތުރު ކުރަން ޖެހޭ : މިނިސްޓަރު

މޯލްޑިވްސް ފައިނޭންސް ފޯރަމް 2026 ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ، ވަރުގަދަ އުމްރާނީ ވަސީލަތްތައް ބިނާކުރުމަށާއި އަސާސީ ޚިދުމަތްތައް ރައްކާތެރިކުރުމަށް ދައުލަތުގެ ބަޖެޓާއި، ބައިނަލްއަޤްވާމީ އެހީ އަދި ލުއި ލޯނުގެ އެހީ އަދިވެސް ވަރަށް މުހިންމު ކަމަށެވެ.

1 މިނެޓް

ފިނޭންސް މިނިސްޓަރ ޒަރީރު ވާހަކަ ދައްކަވަނީ.

އަންނާން އޮތް ޖީލުތަކަށް ދަރަނީގެ ބުރަ ބޮޑުނުވާނެހެން ރާއްޖޭގެ ތަރައްޤީގެ އަމާޒުތަކަށް ވާސިލުވުމަށްޓަކައި އަމިއްލަ ފަރާތްތަކާއި މާލީ އިދާރާތަކުގެ ދިގުމުއްދަތުގެ އިންވެސްޓްމަންޓްތައް އިތުރުކުރަންޖެހޭ ކަމަށް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ފައިނޭންސް ފޯރަމް 2026 ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ، ވަރުގަދަ އުމްރާނީ ވަސީލަތްތައް ބިނާކުރުމަށާއި އަސާސީ ޚިދުމަތްތައް ރައްކާތެރިކުރުމަށް ދައުލަތުގެ ބަޖެޓާއި، ބައިނަލްއަޤްވާމީ އެހީ އަދި ލުއި ލޯނުގެ އެހީ އަދިވެސް ވަރަށް މުހިންމު ކަމަށެވެ. ނަމަވެސް، ދަރަނީގެ ބުރަ ކުޑަކޮށް ދެމެހެއްޓެނިވި ގޮތެއްގައި މިފަދަ ބޭނުންތައް ފުއްދުމަށް އަމިއްލަ ފަރާތްތަކުގެ ކެޕިޓަލް އިންވެސްޓްމަންޓްތަކާއި މާލީ އިދާރާތަކުގެ ދިގުމުއްދަތުގެ އިންވެސްޓްމަންޓްތައް ކޮންމެހެން ބޭނުންވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"މޫސުމީ ނުރައްކަލަކީ އިޤްތިޞާދީ ނުރައްކަލެއް. އަދި އިޤްތިޞާދީ ނުރައްކާތަކަކީ މެނޭޖްކުރަންޖެހޭ ކަންކަން،" ޒަރީރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، 2028 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ހަކަތައިގެ ބޭނުންތަކުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފެއްދުމުގެ އަމާޒަށް ވާސިލުވުމަށް ބޮޑެތި އިންވެސްޓްމަންޓްތައް ބޭނުންވާނެ ކަމަށެވެ. މީގެ ސަބަބުން އިމްޕޯޓްކުރާ ތެލަށް ރާއްޖެ ބަރޯސާވާ މިންވަރު ކުޑަވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން މިހާރު "ނޭޝަނަލް ސަސްޓެއިނަބަލް ފައިނޭންސް ރޯޑްމެޕް" އާއި "ނޭޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ" ކުރިއަށްގެންދާކަން ފާހަގަކުރައްވައި، ގްރީން ކްލައިމެޓް ފަންޑަށް ސީދާ އެކްސެސް ލިބޭ ރާއްޖޭގެ ފުރަތަމަ ފަރާތެއްގެ ގޮތުގައި މޯލްޑިވްސް ފައިނޭންސް އެންޑް ލީސިނ ކޮމްޕެނީ (އެމްއެފްއެލްސީ) އެކްރެޑިޓްވުމަކީ ބައިނަލްއަޤްވާމީ މޫސުމީ ފަންޑުތައް ހޯދުމަށް ލިބުނު އިތުރު ބާރެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދެމެހެއްޓެނިވި މަޝްރޫޢުތަކަށް ޚާއްޞަ މާލީ އުފެއްދުންތައް ތަޢާރަފުކުރުމަށް ބޭންކުތަކަށް އިލްތިމާސްކުރައްވައި، ވިޔަފާރިތަކުން ކާމިޔާބު ކުރެވޭނެ ފަދަ ޕްރޮޕޯޒަލްތައް ހުށަހެޅުމަށްވެސް މިނިސްޓަރުގެ ވާހަކަފުޅުގައި އެދިވަޑައިގެންނެވިއެވެ. އަދި ގްރީން ފައިނޭންސްގެ ކާމިޔާބީ މިނެކިރަންވާނީ ހިންގޭ މަޝްރޫޢުތަކާއި، ތެލަށް ބަރޯސާވާ މިންވަރު ކުޑަވުމާއި، ދިވެހިންނަށް ލިބޭ މާލީ ރައްކާތެރިކަމުގެ މައްޗަށް ކަމަށް ވިދާޅުވިއެވެ.

ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ރެގިއުލޭޓަރުންނާއި، މާލީ އިދާރާތަކުގެ އިތުރުން ތަރައްޤީގެ ބައިވެރިންނާއި މަދަނީ ޖަމްޢިއްޔާތައް އެއްތަންކުރާ މޯލްޑިވްސް ފައިނޭންސް ފޯރަމް މިއަހަރު ބާއްވަނީ 13 ވަނަ ފަހަރަށެވެ.

ADVERTISEMENT

ކޮމެންޓު0COMMENTS

ކޮމެންޓު ޝާއިޢުކުރުމުގެ ކުރިން އެޑިޓަރުން ބަލާނެ.

ADVERTISEMENT