ސީދާ ޚަބަރަށް
23 ނޮވެމްބަރު 2026DHARAJA.COM
ADVERTISEMENT

ލައިފްސްޓައިލް

"ދުރަންދަރު" އަކީ ރަނގަޅު ފިލްމެއް: ސޫރަޖު

ސޫރަޖު އެގޮތަށް ބުނީ "ޔެ ޕްރޭމް މޯލް ލިޔާ" ގެ ޓްރެއިލާ ނެރުމަށް ބޭއްވި އިވެންޓުގައި

1 މިނެޓް

ސޫރަޖު (ވ) އަދި ރަންވީރު
ސޫރަޖު (ވ) އަދި ރަންވީރު

ބޮލީވުޑްގެ ތަރި ރަންވީރު ސިންހްގެ މަޝްހޫރު ފިލްމު "ދުރަންދަރު" އަކީ ރަނގަޅު ފިލްމެއް ކަމަށް މަޝްހޫރު ފިލްމު ޑައިރެކްޓަރު ސޫރަޖު ބަރްޖަތުޔާ ބުނެފި އެވެ.

ފިލްމު ޑައިރެކްޓަރު ސޫރަޖު މިހާރު ތައްޔާރުވަމުން އަންނަނީ ރާޖްޝްރީ އެންޓަޓައިންމަންޓްގެ ދަށުން 61 ވަނަ ފިލްމު "ޔެ ޕްރޭމް މޯލް ލިޔާ" ނެރުމަށް ތައްޔާރުވަމުންނެވެ.

ބުދަ ދުވަހު، ފިލްމުގެ ކާސްޓުން ކަމަށްވާ އަޔޫޝްމަން ހުރާނާ، ޝަރުވާރީ، ސީމާ ޕަހުވާ، ސުޕްރިޔާ ޕަތަކް، އަނޫޕަމް ހޭރް، އަދި އެހެނިހެން ތަރިން އިންޑިއާގެ މުމްބާއީގައި ކުރިއަށް ގެންދިޔަ ޓްރެއިލާ ލޯންޗު ކުރުމުގެ އިވެންޓުގައި ވަނީ ބައިވެރިވެފަ އެވެ. މި އިވެންޓުގައި ސޫރަޖު ވަނީ "ޔެ ޕްރޭމް މޯލް ލިޔާ" ފިލްމުގެ އަމާޒަކީ "ދުރަންދަރު" ފިލްމުގެ ކަނޑައަޅާފައިވާ ބެންޗުމާކަށް ވާސިލްވުން ކަމަށް ބުނެ ވާހަކަ ދައްކައިފަ އެވެ.

އޭގެ ފަހުގައި، ސޫރަޖު ވަނީ "ދުރަންދަރު" ފިލްމަށް ވަރަށް ބޮޑަށް ތައުރީފްކޮށް އެއީ މޮޅު ފިލްމެއް ކަމަށް ބުނެފަ އެވެ.

"ކޮންމެ ފިލްމަކަށް ވެސް ޖާގައެއް އެބައޮތް. ދުރަންދަރު ވެސް އޭގެ ގޮތުގައި ރަނގަޅު. އެއީ މޮޅު ފިލްމެއް. އެކަމަކު ބެލުންތެރިންނަށް ވެސް ބޭނުންވަނީ މިކަހަލަ ފިލްމެއް، ދުރަންދަރާ އެކު،" އޭނާ ބުންޏެވެ.

ސޫރަޖު ބުނި ގޮތުގައި އޭނާއަށް ދަސްކޮށްދިން ފިލާވަޅަކީ އެއް ފިލްމު ނުހިނގައިފި ނަމަ، އަނެއް ފިލްމުގެ މަސައްކަތް ކުރުމަށެވެ. ފިލްމެއް މަގުބޫލު ވާނީ އޭގެ ވާހަކަ ބިނާވާ ގޮތަށް ކަމަށާއި ފިލްމެއް މަގުބޫލު ވަނީ ފިލްމު އުފައްދާ މީހާގެ ސަބަބުން ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

އަބަދުވެސް މަސައްކަތް ކުރަނީ އެއް ވަނައިގެ ފިލްމުތަކެއް އުފައްދަން ކަމަށާއި އާއިލާތަކުން ސިނަމާތަކަށް ގޮސް ބަލާލަން ކަމުދާ ފިލްމުތަކެއް އުފައްދަން މަސައްކަތް ކުރާ ކަމުގައި ސޫރަޖު ބުންޏެވެ.

ސޫރަޖުގެ އާ ފިލްމު، "ޔެ ޕްރޭމް މޯލް ލިޔާ" ނެރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 27 ގަ އެވެ. މި ފިލްމުގެ ލީޑް ރޯލުން ފެނިގެން ދާނީ އަޔުޝްމަން ހުރާނާ އާއި ޝަރްވާރީ އެވެ.

ADVERTISEMENT

ކޮމެންޓު0COMMENTS

ކޮމެންޓު ޝާއިޢުކުރުމުގެ ކުރިން އެޑިޓަރުން ބަލާނެ.

ލައިފްސްޓައިލް

ADVERTISEMENT