ސަމަންތާ އާއި ރާޖު އަށް ދަރިއަކު ލިބެނީ

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަމަންތާ ރުތު ޕްރަބޫ އަދި ފިލްމު ޕްރޮޑިއުސަރު އަދި ފިރިމީހާ ރާޖް ނިޑްމޮރޫ އަށް ދަރިއަކު ލިބެން އުޅޭ ކަން އެނގިއްޖެ އެވެ.
މިއީ އެ ދެމަފިރިންނަށް ލިބެން އުޅޭ ފުރަތަމަ ދަރިފުޅެވެ.
އެ ދެމަފިރިން ގެންދަނީ ދަރިފުޅަށް މަރުހަބާ ކިޔުމުގެ ކުރިން އެކުގައި ހޭދަކުރަން ޖެހޭ ދުވަސްތައް އެންމެ ފުރިހަމަ ގޮތުގައި ހޭދަކުރަމުންނެވެ. ދާދި ފަހުން، އެ ދެމަފިރިން ވަނީ ދިރިއުޅޭ ގޭގައި ޕޫޖާ ހަފްލާއެއް ވެސް ބާއްވައިފަ އެވެ. އެ ހަފްލާގައި އާއިލާގެ މެމްބަރުންނާއި އުމުރުން ދޮށީ ބައެއް މީހުން ވެސް ބައިވެރިވި އެވެ.
އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯތަކެއްގައި ސަމަންތާ ވަނީ މި ހާއްސަ ހަފްލާގެ ބައެއް ފޮޓޯތައް ވެސް ހިއްސާކޮށްފަ އެވެ.
މި ހަފްލާގައި ސަމަންތާ ލައިގެން ހުރީ ރަތް ކުލައިގެ އަނަރުކަލީ ސޫޓެކެވެ. ކްރީމް ކުލައިގެ ކުރުތާއެއް ލައިގެންނެވެ. އެ ތަނުން އެއް ފޮޓޯގައި ފެންނަނީ ދެމަފިރިން އިށީނދެގެން ތިބެގެން ލޯބިން އެކަކު އަނެކަކަށް ބަލަހައްޓައިގެން އިން މަންޒަރެވެ.
އެހެން ފޮޓޯއެއްގައި ފެންނަނީ ދެ އާއިލާގެ މީހުން ވެސް ސަމަންތާގެ ބޮލުގައި އަތް ބާއްވާފައި އޮންނަ މަންޒަރެވެ.

