ސީދާ ޚަބަރަށް
24 ނޮވެމްބަރު 2026DHARAJA.COM
ADVERTISEMENT

ވިޔަފާރި

"އެއާ އިންޑޯ" ގެ ނަމުގައި އިންޑިއާ އިން އާ އެއާލައިނެއްގެ ދަތުރުތައް މެއި މަހު ފަށަނީ

އެއާ އިންޑޯ އުފައްދާފައި ވަނީ އިންޑިއާގެ ވިޔަފާރިވެރިޔާ ސްރިނިވަސް ޗިލުކުރީ. އެއާ އިންޑޯ ފަށަނީ 390 ކްރޯޑް (47 މިލިއަން ޑޮލަރުގެ ) އިންވެސްޓްމަންޓަކާ އެކު. ފުރަތަމަ ބޭނުން ކުރާނީ އޭޓީޢާރް މަރުކާގެ ފަސް ބޯޓު.

5 ގަޑިއިރު ކުރިން1 މިނެޓް

އެއާ އިންޑޯ ފަށާއިރު ބޭނުންކުރާނީ އޭޓީއާރް ބްރޭންޑުގެބޯޓު ފަހަރު.
އިންޑިއާގައި އާ އެއާލައިން ފަށަނީ އެއާ އިންޑޯގެ ނަމުގައި

އިންޑިއާ އިން އާ އެއާލައިނެއްގެ ދަތުރުތައް އަންނަ މެއި މަހު ފަށަން ނިންމައިފިއެވެ.

"އެއާ އިންޑޯ"ގެ ނަމުގައި އަލަށް ފަށާ ސަރަހައްދީ އެއާލައިނުގެ ދަތުރުތައް އަމާޒުކޮށްފައި ވަނީ ކުދި ސިޓީތައް ގުޅާލުމަށެވެ.

އެއާ އިންޑޯ އުފައްދާފައި ވަނީ އިންޑިއާގެ ވިޔަފާރިވެރިޔާ ސްރިނިވަސް ޗިލުކުރީ އެވެ. މި އެއާލައިނުގެ ހެޑްކުއާޓަރު ގާއިމްކުރުމަށް ނިންމާފައި ވަނީ އުތުރުގެ އަންދުރަ ޕްރަދޭޝްގަ އެވެ. އެ އެއާލައިނުން މިހާރު ވަނީ އިންޑިއާގެ ސިވިލް އޭވިއޭޝަނުން އެއާ އޮޕަރޭޓާ ސެޓިފިކޭޓް ލިބުމުން މަސައްކަތް ފަށަން ނިންމައިފައެވެ،

އާ އެއާލައިނުން ދަތުރުތައް ފުރަތަމަ ފަށާނީ ވައިގެ މަގުން އެހާ ބޮޑަށް ގުޅާލެވިފައި ނުވާ ހިސާބުތަކަށެވެ. އޭގެ ތެރޭގައި ހައިދަރުއާބާދާއި ގޯވާ ވެސް ހިމެނެއެވެ،

އެ އެއާލައިނުން އެންމެ ފުަރަތަމަ ބޭނުންކުރާނީ 70-72 މީހުންގެ ޖާގައިގެ އޭޓީއާރް 72-600 މަރުކާގެ ބޯޓު ފަހަރެވެ. މިއީ ކުރު ރަންވޭއަކުން ވެސް އޮޕަރޭޓް ކުރެވޭ އަދި ކުރު ދަތުރުތަކަށް ތެލުގެ ޚަރަދު ކުޑަ ބޯޓު ފަހަރެވެ. އެއާ އިންޑޯ އިން ގަސްދުކޮށްފައި ވަނީ ފުރަތަމަ ފިޔަވަހީގައި އޭޓީޢާރުގެ ފަސް ބޯޓު ބޭނުން ކުރުމަށެވެ. އަދި ދެވަނަ ފިޔަވަހީގައި ވެސް އިތުރު ފަސް ބޯޓު ގެނައުމަށް ވަނީ ޕްލޭންކޮށްފައެވެ.

އެއާ އިންޑޯ ފަށަނީ 390 ކްރޯޑް (47 މިލިއަން ޑޮލަރުގެ ) އިންވެސްޓްމަންޓަކާ އެކު އެވެ،

ADVERTISEMENT

ކޮމެންޓު0COMMENTS

ކޮމެންޓު ޝާއިޢުކުރުމުގެ ކުރިން އެޑިޓަރުން ބަލާނެ.

ADVERTISEMENT