ސީދާ ޚަބަރަށް
23 ނޮވެމްބަރު 2026DHARAJA.COM
ADVERTISEMENT

މީހުންއީގަލް ހިލްސް

އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލް ޢައްބާރަކީ ކިހާ މުއްސަނދި ބޭފުޅެއް؟

ޢައްބާރު އުފަންވެވަޑައިގެންނެވީ ނޮވެމްބަރު 8، 1956 ގައި. ވަރަށް ޅަ އުމުރުގައި ވެސް ވިޔަފާރީގެ ކަންކަމަށް ޝައުގުވެރިވެވަޑައިގަތް. ނަތީޖާއެއްގެ ގޮތުން ތައުލީމީ ރޮނގުން ވެސް އިޚްތިޔާރު ކުރެއްވީ ވިޔަފާރީގެ ދާއިރާ. އޭނާ ވަނީ އެމެރިކާގެ ސިއޭޓަލް ޔުނިވާސިޓީން ފައިނޭންސް އެންޑް ބިޒިނަސް އެޑްމިނިސްޓްރޭޝަން އިން ޑިގްރީ ހާސިލް ކުރައްވައިފަ.

4 މިނެޓް

އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު ޢައްބާރު: ފޮޓޯ: އެރޭބިއަން ބިޒިނެސް
އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު ޢައްބާރު: ފޮޓޯ: އެރޭބިއަން ބިޒިނެސް

މުހައްމަދު އަލީ އަލް ޢައްބާރަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އިތުރުން މުޅި ދުނިޔޭގައި ވެސް ވަރަށް ނުފޫޒުގަދަ އިންވެސްޓަރެކެވެ. އޭނާ އެންމެ ބޮޑަށް މަޝްހޫރުވެފައި ވަނީ އީމާރް ޕްރޮޕަޓީސްގެ ވެރިޔާގެ ގޮތުގަ އެވެ. އަދި މިއަދު މިފެންނަ ދުބާއީގެ މަލަމަތި ބަދަލުކޮށްލި މޭސްތިރިޔާގެ ގޮތުގަ އެވެ. ދުނިޔެ އަަށް މަޝްހޫރު ބުރުޖް ޚަލީފާ އާއި ދުބާއީ މޯލް ފަދަ ތަންތަން ބިނާ ކުރުމުގެ ފަހަތުގައި ހުރީ އޭނާ އެވެ.

ޅަފަތުގެ ދިރިއުޅުމާއި ތަޢުލީމީ ހަޔާތް

ޢައްބާރު އުފަންވެވަޑައިގެންނެވީ ނޮވެމްބަރު 8، 1956 ގައެވެ. ވަރަށް ޅަ އުމުރުގައި ވެސް ވިޔަފާރީގެ ކަންކަމަށް ޝައުގުވެރިވެވަޑައިގަތެވެ. ނަތީޖާއެއްގެ ގޮތުން ތައުލީމީ ރޮނގުން ވެސް އިޚްތިޔާރު ކުރެއްވީ ވިޔަފާރީގެ ދާއިރާ އެވެ. އޭނާ ވަނީ އެމެރިކާގެ ސިއޭޓަލް ޔުނިވާސިޓީން ފައިނޭންސް އެންޑް ބިޒިނަސް އެޑްމިނިސްޓްރޭޝަން އިން ޑިގްރީ ހާސިލް ކުރައްވައިފަ އެވެ. އަދި ހާސިލް ކުރެއްވި ދުވަސްވަރު ބައިނަލްއަގުވާމީ ވިޔަފާރީގެ ފުރުސަތުތައް ދިރާސާ ކުރެއްވި އެވެ.

ހަޔާތުގެ މުހިންމު ކުރިއެރުންތައް

  • ފުރަތަމަ މަސައްކަތް ފެއްޓެވީ ސަރުކާރުގެ މުވައްޒަފެއްގެ ގޮތުން ދުބާއީގެ އިކޮނޮމިކް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުގަ އެވެ.
  • އީމާރް ޕްރޮޕަޓީސް އުފެއްދެވުން: ދުބާއީގައި ލަގްޒަރީ ޕްރޮޕަޓީތައް ތަރައްގީ ކުރި އީމާރް ގްރޫޕް ޢައްބާރު އުފެއްދެވީ 1997 ވަނަ އަހަރު އެވެ.
  • އެހެން ގައުމުތަކަށް ވިޔަފާރި ފުޅާކުރެއްވުން: އީމާރް ކުންފުނިން ވަނީ މެދުއިރުމަތި، އޭޝިއާ އަދި ޔޫރަޕުގައި ވިޔަފާރި ފަށައިފައެވެ.
  • އެހެން ދާއިރާތަކުގައި އިންވެސްޓް ކުރުން: އީމާރް ގްރޫޕުން ވަނީ ރީޓެއިލް ސެކްޓަ، ހޮސްޕިޓަލިޓީ އިންޑަސްޓްރީ އަދި އީ-ކޮމާސްގެ ދާއިރާގައި އިންވެސްޓްކޮށްފައެވެ.
އަހަރު ކާމިޔާބީ
1997އީމާރް ޕްރޮޕަޓީސް އުފެއްދެވި
2008ދުބާއީ މޯލް ހުޅުވި

މީގެ އިތުރުން އޭނާ ވަނީީ 2009 ވަނަ އަހަރު އެޑްރެސް ހޮޓެލްސް + ރިސޯޓްސް ހުޅުވައިގަ އެވެ. އަދި 2010 ވަނަ އަހަރު ވަނީ ބުރްޖް ޚަލީފާގެ މަސައްކަތް ނިންމައިފަ އެވެ. މީގެ އިތުރުން 2016 ވަނަ އަހަރު ވަނީ އީ-ކޮމާސް ޕްލެޓްފޯމް ނޫން.ކޮމް އުފައްދަވައިފަ އެވެ. މަޝްހޫރު އީގަލް ހިލްސް އޭނާ އުފެއްދެވީ 2014 ވަނަ އަހަރު އެވެ.

ޢައްބާރުގެ މިލްކިއްޔާތުގެ އަގު

މުޅި މިލްކިއްޔާތު (ނޮވެމްބަރު 11، 2026): ގާތްގަނޑަކަށް 3.4 ބިލިއަން ޑޮލަރު ނުވަތަ 12.48 ބިލިއަން ދިރުހަމް ( ފޯބްސް ރިއަލް-ޓައިމް ބިލިއަނާސް ޕްރޮފައިލް)

އާމްދަނީ ލިބޭ މައިގަނޑު ވަސީލަތްތައް: ރިއަލް އެސްޓޭޓް، އީމާރް ޕްރޮޕަޓީސް، ރީޓެއިލް އަދި އީ-ކޮމާސް

އިންވެސްޓްމަންޓްތައް: އިންޓަނޭޝަނަލް ރިއަލް އެސްޓޭޓް، ލަގްޒަރީ މޯލްތައް، ހޮޓެލްސް އަދި ޓެކް ވިޔަފާރި

ޔޫއޭއީގެ އެންމެ މުއްސަނދިންގެ ތެރޭގައި ޢައްބާރު ހިމެނިވަޑައިގެންނެވީ ވަރަށް ޅަ އުމުރުން ފެށިގެން ގެންގުޅުއްވި ވިޔަފާރީގެ ވިސްނުންފުޅުމުގެ ސަބަބުންނެވެ. އަދި ވިޔަފާރީގެ ފުރުސަތުތަތަކަށް ލޯހުޅުވިފައިވާލެއް ބޮޑުވުމެވެ.

ޢައްބާރުގެ ޢާއިލާ

ޢައްބާރުގެ ޕްރޮފެޝަނަލް ހަޔާތް ކުރިއަށް ގެންދެވި ނަމަވެސް އާއިލީ ދިރިއުޅުއްވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވަ އެވެ. ނަމަވެސް އޭނާގެ އާއިލީ ކަންކަން އެހާ ބޮޑަށް ހާމައެއް ނުކުރައްވަ އެވެ. އަދި އަނބިކަނބަލުންނާ ބެހޭ މައުލޫމާތު އެއްގޮތަކަށް ވެސް އާއްމުކުރައްވައިފައެއް ނުވެ އެވެ. ޢައްބާރަށް ހަތް ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ. އެއީ:

  1. ރާޝިދު ޢައްބާރު
  2. ސަލާމާ ޢައްބާރު
  3. ޝަމްސާ ޢައްބާރު
  4. މޫސާ ޢައްބާރު
  5. އަލީ ޢައްބާރު
  6. ނޫރް ޢައްބާރު
  7. ހާޔާ ޢައްބާރު

ދަރިކަނބަލުން ޝަމްސާ އަލް ޢައްބާރަކީ ގަހަނާ އަކީ ރީޓެއިލް ވިޔަފާރި ކުރައްވާ ބޭފުޅެކެވެ. ޢައްބާރުގެ ވިޔަފާރި އަށް އޭނާގެ އާއިލާގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެ އެވެ.

ޢައްބާރުގެ ދަރިކަނބަލުން ސަލާމާ. ފޮޓޯ: އެރޭބިއަން ބިޒިނަސް
ޢައްބާރުގެ ދަރިކަނބަލުން ސަލާމާ. ފޮޓޯ: އެރޭބިއަން ބިޒިނަސްArabian Business

ޢައްބާރުގެ ބައްޕާފުޅަކީ ބޯޓް ކެޕްޓަނެކެވެ. ޢައްބާރާ އެކު އާއިލާގައި 12 ބޭފުޅުން ތިއްބަވަ އެވެ. އެ އާއިލާގެ މައިގަނޑު މަސައްކަތަކީ މެރިޓައިމް ވިޔަފާރި އެވެ.

އީމާރް ޕްރޮޕަޓީސް އާއި ބޮޑެތި ޕްރޮޖެކްޓްތައް

އީމާރް ޕްރޮޕަޓީސް އަކީ އުފެއްދުންތެރިކަމާއި ލަގްޒަރީ އިންޑަސްޓްރީގައި މަޝްހޫރު ބްރޭންޑެކެވެ. އެ ކުންފުނީގެ ދަށުން ހިންގާ މަޝްހޫރު ވިޔަފާރިތަކުގެ ތެރޭގައި:

  1. ބުރުޖް ޚަލީފާ: ދުނިޔޭގެ އެންމެ އުސް އިމާރާތް
  2. ދުބާއީ މޯލް: ދުނިޔޭގެ އެންމެ ބޮޑު އެއް މޯލް
  3. ދުބާއީ ޑައުންޓައުން: މިކްސްޑް-ޔޫސް ސިޓީ
  4. އެޑްރެސް ހޮޓެލްސް އެންޑް ރިސޯޓްސް: ލަގްޒަރީ ހޮސްޕިޓަލިޓީ ޗެއިން
  5. އެމެރިކާނާ ރެސްޓޯރެންޓްސް: މެދުއިރުމަތީގެ މަޝްހޫރު ރެސްޓޯރެންޓް ޗެއިން
  6. އީގަލް ހިލްސް: ރިއަލް އެސްޓޭޓް ޑިވެލޮޕަ
  7. ނޫން.ކޮމް: މެދުއިރުމަތީގެ އީ-ކޮމާސް ޕްލެޓްފޯމް
  8. ޒޭންޑް ބޭންކް: ޔޫއޭއީގެ ޑިޖިޓަލް ބޭންކް

މި ޕްރޮޖްކްޓްތަކުގެ ސަބަބުން ދުބާއީ އަކީ މިއަދު ދުނިޔޭގެ ޗާޓުގައި ވަރަށް ފާހަގަކުރެވޭ ސިޓީއެކެވެ.

އައްބާރަކީ އީމާރުގެ ފައުންޑަ އަދި މެނޭޖިން ޑިރެކްޓަރ ނަމަވެސް އޭނާ އަކީ މިހާރު އެ ކުންފުނީގެ ބޯޑުގެ ޗެއާމަނެއް ނޫނެވެ.

ބުރުޖް ޚަލީފާ
ބުރުޖް ޚަލީފާ

ޢައްބާރުގެ ބައިނަލްއަގުވާމީ ޕްރޮޖެކްޓްތައް

ދިވެހި ރާއްޖެ: އީގަލް ހިލްސް އިން، ރާއްޖޭގައި އަލަށް އުފައްދާ ބިޔަ ސިޓީގެ 500 ހެކްޓަރުގައި ވޯޓަ ފްރަންޓް އެންޑް މެރީނާގެ ނަމުގައި ގާއިމް ކުރަނީ 20 ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް

ސީރިއާ: އީގަލް ހިލްސް އިން ސީރިއާގައި ހިންގަން ނިންމާފައި ވަނީ 16-17 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ޕްރޮގްރާމެއް

ދުބާއީ: ދުބާއީ ޑައުންޓައުން

ބަހުރޭން: މަރައްސީ އަލް ބަހުރޭން

ކްރޮއޭޝިއާ: ޒަމާނީ ސިޓީއެއް

މިސްރު - ރެޑް ސީ: މަރައްސީ ރެޑް

އިތިއޯޕިއާ: ލަ ގާރެ ސިޓީ

ޖޯޖިއާ: ވޯޓާ ފްރަންޓް ޔޮޓް އެންޑް މެރީނާ

އިޓަލީ، ވެނިސް: ގްރޭންޑް ހޮޓެލްސް ޑެސް ބައިން

ޖޯޑަން: އަގަބާ، އަލް ރަހާ ވިލެޖް

ލެޓްވިއާ: ރިގާ ވޯޓަފްރަންޓް

މޮންޓެނީގްރޯ: ސަސް ހޮޓެލްސް މޮންޓެނީގްރޯ

މޮރޮކޯ: ތަންޖީ ވޯޓަފްރަންޓް

އޮމާން: މަންޑޭރިއަން އޮރިއެންޓަލް

ސާބިއާ: ބަލްގްރޭޑް ވޯޓަ ފަރަންޓް

ތައިލޭންޑް، ބެންކޮކް: ދުނިޔޭގެ އެންމެ އުސް އިމާރާތް (އީގަލް ހިލްސް އިން އެންމެ ފަހުން އިއުލާންކުރި ޕްރޮޖެކްޓް)

ޢައްބާރުގެ ވިޔަފާރި ކާމިޔާބުވުމުގެ ސިއްރު

ޢައްބާރަކީ ވަރަށް ވިޝަނަރީ ލީޑަރެކެވެ. އަދި ވަރަށް ލީޑަޝިޕްގެ ހުނަރު ލިބިވަޑައިގެންފައި ހުންނެވި ބޭފުޅެކެވެ. އެއީ ވިޔަފާރީގައި ރިސްކް ނަންގަވާ ބޭފުޅެކެވެ. އަދި އަބަދުވެސް ސަމާލުކަން ދެއްވީ ބައިނައަލްއަގުވާމީ މާކެޓުގައި އިންވެސްޓް ކުރެއްވުމަށެވެ. މަސައްކަތުގެ ފޯކަސް އާއި ފެންވަރު ހިފެހެއްޓުމަށް އޭނާ ބޮޑު އިސްކަމެއް ދެއްވަ އެވެ.

ADVERTISEMENT

ކޮމެންޓު0COMMENTS

ކޮމެންޓު ޝާއިޢުކުރުމުގެ ކުރިން އެޑިޓަރުން ބަލާނެ.

ADVERTISEMENT